އިންޓަރ ސްކޫލް ޤުރުއާން މުބާރާތުގެ ކިޔެވުން ނިންމާލައިފި

އިންޓަރ ސްކޫލް ޤުރުއާން މުބާރާތުގެ ކިޔެވުން ނިންމާލައިފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ހުޅުވާލައިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ކުރިއަށް ގެންދިޔަ ފުރަތަމަ އިންޓަރ ސްކޫލް ޤުރުއާން މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ކިޔެވުންތައް ނިންމާލައިފިއެވެ.

މާޗް 15 ވަނަ ދުވަހުގެރޭ ފެށި މިމުބާރާތުގައި ހިތުން ކިޔެވުމުގެ ބައިގައި 125 ދަރިވަރުން ކިޔެވިއިރު ޙާފިޡުކަމުގެ ބައިގައި 6 ދަރިވަރުން ކިޔަވާފައިވެއެވެ. އަދި ބަލައިގެން ކިޔެވުމުގެ ބައިގައި ނުވަތަ ފޮތުން ކިޔެވުމުގައި ބައިގައި 173 ކުދިން ކިޔަވާފަވެއެވެ.

މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްޞަދަކީ ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގަންނަވައި އެކަމަށް ހިތްވަރު ދިނުމަށާއި ޤުރުއާނަށް ދަރިވަރުން ލޯބި ޖެއްސުމާއި ރީތިކޮށް ޤުރުއާން ކިޔެވުުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުން ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ހާމަކުރެއެވެ.

މި މުބާރާތުގައި ކޮންމެ ބަޔަކުންވެސް އެންމެ މޮޅު 5 ދަރިވަރުން ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ބަޔަކުންވެސް އެއްވަނައަށް ހޮވޭ ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމެއް ލިބިގެންދާނެކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ހާމަކުރެއެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.