ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ރަޖިސްޓްރީގައިވާ ކޮންމެ ފަރާތަކަށް 2000 ރ ގެ ސަބްސިޑީއެއް ދިނުމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ޤާނޫނަށް މިއިސްލާހު ހުށަހަޅާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމެވެ.
ފައިސަލް ހުށަހެޅި އިސްލާހުގައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހެއްގެ ކަރަންޓް ބިލަށް 1،000ރ. އަދި ފެން ބިލަށް 1،000 ގެ ސަބްސިޑީއެއް ކަނޑައަޅަން ވާނެ ކަމަށެވެ.
މިއާއެކު މިސަބްސިޑީ ލިބޭ މީހުންގެ ޝަރުތުތަކެއްވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން އެމީހަކީ ނުކުޅެދުންތެރިކަންހުން މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހަކަށްވުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހާގެ ބެލެނިވެރިޔާގެ އާމްދަނީ މަހަކު 25،000ރ. އަށް ވުރެ އިތުރު ނުވުމުގެ އިތުރުން ދައުލަތުގެ ހަރަދުގައި ފެނާއި ކަރަންޓު ބިލް ސަބްސިޑައިޒް ކޮށްދޭނެ އުސޫލެއް އެންސްޕާ އިން ކަނޑައަޅައި އާންމު ކުރުން ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ފޯރުކޮށްދޭ މާލީ އިނާޔަތް ބޮޑުކޮށްދިނުމުގެ އިސްލާހެއް މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވެސް މީގެ ކުރިން ވަނީ މަޖިލިހަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެއިސްލާހުވަނީ މަޖިލީހުގެ ތަޅުމުން ބޭރު ކޮށްލާފައެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...