ރާއްޖޭގެ ޚަބަރު ކައުންސިލް އިންތިހާބު ތިންވަނަ ފަހަރަށް ފަސްކޮށްފި

ކައުންސިލް އިންތިހާބު ތިންވަނަ ފަހަރަށް ފަސްކޮށްފި

ކައުންސިލް އިންތިހާބު ތިންވަނަ ފަހަރަށް ފަސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންނަ މަހުގެ 15 ގައި ބާއްވަން ނިންމި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް ފަސްކޮށްފި އެވެ.

މިއީ ކައުންސިލް އިންތިހާބު ފަސްކުރި ތިންވަނަ ފަހަރެވެ. މީގެކުރިންވަނީ ޖެނުއަރީ 14، އޭޕްރީލް 8 އަދި 15 ގައި ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމުމަށްފަހު ފަސްކޮށްފައެވެ.

މިފަހަރު އިންތިހާބު ފަސްކުރުމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަންގެ ނައިބްރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ އިންތިޚާބު ފަސްކުރީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން ކަމަށެވެ.

އިންތިޚާބު ލަސްކުރަން ނިންމީ މިރޭ ބޭއްވި ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއްގަ އެވެ. އަދި އިންތިޚާބު ފަސްކުރަން އެ ކޮމެޓީގެ ދެ ފަރާތެއް ފިޔަވައި އެހެން ހުރިހާ ފަރާތަކުން ތާއީދުކުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

މިކަމާއި ގުޅިގެން އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އިންތިހާބު ލަސް ކުރުމާ ގުޅިގެން ވޯޓު ލާ މީހުންގެ ރެޖިސްޓްރީއަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އެގޮތުން މޭމަހުގެ ހަޔަކަށް 18 އަހަރު ވާ ފަރާތްތަކަށް ވޯޓު ލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އަދި އެ މުއްދަތު ތެރޭގައި ދިރިއުޅޭ ތަން ބަދަލުވެއްޖެ ނަމަ ރީރަޖިސްޓާ އެތަނަކަށް ރީރަޖިސްޓާ ކުރުމުގެ ފުރުސަތުވެސް ދެއްވާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު މިހާޜު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއިމަހުގެ ހަވަނަ ދުވަހުއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.