ރާއްޖޭގެ ޚަބަރު ހުން ފެތުރޭތީ ޔުނިވަރސިޓީތަކުގެ ކިޔަވައިދިނުން މެދުކަނޑާލައިފި

ހުން ފެތުރޭތީ ޔުނިވަރސިޓީތަކުގެ ކިޔަވައިދިނުން މެދުކަނޑާލައިފި

ހުން ފެތުރޭތީ ޔުނިވަރސިޓީތަކުގެ ކިޔަވައިދިނުން މެދުކަނޑާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި މިވަގުތު ހަލުވި ކަމާއެކު ހުމާއި ރޯގާ ފެތުރެމުންދާތީ ޔުނިވަރސިޓީތަކުގެ ކިޔަވައިދިނުން ހުއްޓާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ފޭސްބުކްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން މިހަފްތާ ނިމެންދެން ޔުނިވަރސިޓީގެ ކިޔެވުން މެދުކަނޑާލާފައިވާ ކަމަށާއި ބްލޮކް މޯޑުގައި ކިޔަވައި ދަރިވަރުންނަށްވެސް ކްލާސްތައް އޮންނާނެ ދުވަސްތަކުގެ މައުލޫމާތު އެދަރިވަރަކު ނިސްބަތްވާ ފެކަލްޓީއަކުން އަންގަމުން ގެންދާނެ ކަމަށެވެ.

އަންނަ ހަފްތާއަކީ މިޑްޓާމް ޗުއްޓީއަށްވުމުން އަންނަ ހަފްތާގައި ކިޔެވުން ނޯންނާނެ ކަމަށާއި ދެން ކިޔެވުން ފެށޭނީ މާޗް 26 ގައި ކަމަށްވެސް ގައުމީ ޔުނިވަރސިޓީއިން ހާމާކުރެއެވެ. އަދި ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ ތާރީޚަށް ބަދަލެއް އަންނަނަމަ އެކަމެއް ދަރިވަރުންނަށް އަންގަމުންދާނެ ކަމަށް އެފަރާތުން ހިއްސާ ކޮށްފައިވެއެވެ.

މިއާއެކު އިސްލާމިކް ޔުނިވަރސިޓީގެ ކިޔެވުންވެސްވަނީ ހުން ފެތުރެމުންދާތީ މެދު ކަނޑާލާފައެވެ.

ރާއްޖޭގައި މިދުވަސްވަރު ހަލުވިކަމާ އެކު ފެތުރެމުންދާ ހުމާއި ރޯގާއާ އެކު ސްވައިން ފްލޫ ޖެހޭ މީހުންގެ އަދަދު ގިނަވަމުންދާތީ ސަރުކާރު ސްކޫލްތަކާއި އަމިއްލަ ޕްރީ ސްކޫލްތަކުގެ ކިޔެވުންވެސްވަނީ މެދު ކަނޑާލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.