ސްވައިން ފްލޫ ޖެހެމުންދާ މީހުން އިތުރުވަމުންދާތީ ސްކޫލްތައް ބަންދު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފިއެވެ.
އެޑިއުކޭޝަނުން މިގޮތަށް ނިންމާފައިވަނީ ހެލްޕް ޕްރޮޓެކްޝަން އޭޖެންސީއިން މިކަމަށް ލަފާ ދިނުމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި، މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ބަންދުވާނެ އެވެ. މި ހަފުތާއަށްފަހު ދެން އޮތީ މިޓްޓާމް ބަންދު ކަމަށްވެފައި، މިޓްޓާމަށްފަހު ސްކޫލް ހުޅުވުމާމެދު ގޮތެއް ނިންމާނީ އޭރުގެ ހާލަތަށް ބަލާފައި ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
އެޑިއުކޭޝަނުން މިގޮތަށް ނިންމާފައިވާއިރު، ހުން ފެތުރެމުންދާތީ އިއްޔެއިން ފެށިގެންވަނީ ބައެއް އަމިއްލަ ޕްރީ ސްކޫލްތަކުގެވެސް ކިޔަވައިދިނުން ހުއްޓާލާ ސްކޫލްތައް ބަންދުކޮށްފައެވެ.
މިހާތަނަށް ސްވައިން ފްލޫގެ ވައިރަސް 51 މީހެއްގެ ހަށިގަނޑުން ފެނިފައިވާކަމަށް ހެލްޕް ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކޮށްފައިވެއެވެ.

















ޚިޔާލު