ރާއްޖޭގެ ޚަބަރު ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ހަތަރުވަނަ ފަހަރަށް ވައިކަރަދޫއިން ކާމިޔާބުކޮށްފި

ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ހަތަރުވަނަ ފަހަރަށް ވައިކަރަދޫއިން ކާމިޔާބުކޮށްފި

ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ހަތަރުވަނަ ފަހަރަށް ވައިކަރަދޫއިން ކާމިޔާބުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހދ އަތޮޅު ކައުންސިލޫން އިންތިޒާމުކޮށް، ހދ އަތޮޅުގެ ރަށްތަކުގެ މެދުގައި ބާއްވާ ހދ އަތޮޅު ޤުރުއާން މުބާރާތް ވައިކަރަދޫއިން ކާމިޔާބު ކޮށްފިއެވެ.

މިއީ ވައިކަރަދޫއިން ވިދިވިދިގެން މިމުބާރާތް ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ.

ވައިކަރަދޫއިން މުބާރާތުގެ އެއްވަނަ ހޯދިކަން އިޢުލާން ކޮށްފައިވަނީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައެވެ. މިޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ހދ އަތޮޅު ކައުންސިލްގެ ކުރީ ރައީސް ހުސެއިން ރަޝީދެވެ.

ދެ ގޮތްޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައި ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހޯދީ، ވައިކަރަދޫ/ ފަލްކަމް، ފައިހާ އަބުދުﷲ އަޤީލެވެ، ދެވަނަ ހޯދީ މަކުނުދޫ/ ރޯޝަނީއާގެ، އާއިޝަތު އީލާފް އަލީ ނަސީރެވެ. 3 ވަނަ ހާސިލްކުރީ ނޮޅިވަރަމް/ ގަހާ، ޝައްމާ މުހައްމަދެވެ.

ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލްކުރީ ވައިކަރަދޫ/ ގުރަހާތަރި، އަހުމަދު އަރުޝަމެވެ. 2 ވަނަ ހޯދައިފައިވަނީ ހަނިމާދޫ/ އެނގަކުރި، މަރްޔަމް އިބާ އެވެ. 3 ވަނަ ލިބިފައިވަނީ ވައިކަރަދޫ/ ކަނބުރު، ފާތިމަތު ޝައުރާ މުހައްމަދު ޝަފީޤެވެ.

މީގެ އިތުރުންވަނީ މުބާރާތުގެ އެންމެ މޮޅު 15 ބައިވެރިންވެސް ހޮވާފައެވެ.

މިމަހުގެ 9 ން 11 އަށް ހދ ނެއްލައިދޫގައި ކުރިއަށްދިޔަ މިމުބާރާތުގައި ހދ ގެ 11 ރަށަކުން ޖުމްލަ 141 ދަރިވަރުން ބައިވެރިވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.