ރާއްޖޭގެ ޚަބަރު ސްވައިން ފްލޫ ފެނުނަސް ނުރައްކަލެއް ނެތް: އެޗްޕީއޭ

ސްވައިން ފްލޫ ފެނުނަސް ނުރައްކަލެއް ނެތް: އެޗްޕީއޭ

ސްވައިން ފްލޫ ފެނުނަސް ނުރައްކަލެއް ނެތް: އެޗްޕީއޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި މިދުވަސްވަރު ފެތުރެމުންދާ ހުމާއި ރޯގާގެ ތެރެއިން ސްވައިން ފްލޫ ޖެހިފައިވާ މީހުން ފެނިފައިވީ ނަމަވެސް އެއްވެސް ނުރައްކަލެއް ނެތްކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އެޗްޕީއޭ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެންމެ ފުރަތަމަ 2009 ވަނަ އަހަރު ދުނިޔޭގައި އަލަށް ސްވައިން ފްލޫ އާންމުވެގެން ދިޔައިރު މިއީ ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ބެލެވުނަސް އެ ބަލި ޖެހި އެތައް ބަޔަކު ރަނގަޅުވުމުން، ބަލިން ދިފާއުވުމުގެ ބާރު ލިބި އެއީ މިހާރު އާދައިގެ ރޯގާއަކަށް ވެފައިވާ ކަމަށެވެ.

ނަމަވެސް އެ އިދާރާއިން ބުނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ފުއްޕާމޭގެ ބަލިތައް ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ހުންނަ މީހުންނަށް ރޯގާގެ ސަބަބުން ނުރައްކާ ވެދާނެ ކަމަށެވެ.

ސްވައިން ފްލޫގެ އަލާމާތްތައް ހަމަ އާދައިގެ ރޯގާއެއްގެ އަލާމާތްތަކާ ދާދި އެއްގޮތެވެ. އެއީ، ކެއްސުން، ހުން އައުން، ކަރުގައި ރިއްސުން، ނޭފަތުން ފެން އައުން ނުވަތަ ނޭފަތް ބެދުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ހީކެރުވުން އަދި ވަރުދެރަވުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.