ރާއްޖޭގެ ޚަބަރު

ސައުދީ ރަސްގެފާނު ހޮނިހިރުދުވަހު ރާއްޖެ ވަޑައިގަންނަވަނީ

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަންނަ ހޮނިހިރުދުވަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ސަލްމާން ރަސްގެފާނުގެ ދަތުރުފުޅާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުންނާއި ދިވެހިރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއިންވެސް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރަސްގެފާނަށް ރަސްމީ އިއްޒަތުގައި ރަތް ދޫލައިގެ މަރުހަބާއެއް ދެންނެވުމަށް، ރަސްމީ ފާލަމާއި ޖުމްހޫރީ މައިދާން އަންނަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކުރަމުންނެވެ. ރަސްގެފާނުގެ ދަތުރުފުޅަށް ހާއްސަކޮށް، ރަސްމީ ފާލަމާއި ބޮޑުތަކުރުފާނު މަގު ވެސް ވަނީ މަރާމާތުކޮށްފަ އެވެ.

ރަސްގެފާނުގެ މިދަތުރުފުޅުގައި ރާއްޖެ ވަޑައިގެން ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެ އެވެ. އަދި ރާއްޖެއަށް ވެދެވެން ހުރި އެހީތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް ވެ އެވެ.

ރަސްގެފާނު ސަލްމާން 2014 ވަނަ އަހަރު ސައުދީގެ ވަލީއަހުދުގެ ގޮތުގައި ހުންނެވިއިރުވެސްވަނީ ރާއްޖެއަށް ވަޑައިގަނެފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *