ރާއްޖޭގެ ޚަބަރު މައްޔިތުން އުފުލާ ފެރީ މަރާމާތަށްފަހު ޚިދުމަތްދޭން ފަށައިފި

މައްޔިތުން އުފުލާ ފެރީ މަރާމާތަށްފަހު ޚިދުމަތްދޭން ފަށައިފި

މައްޔިތުން އުފުލާ ފެރީ މަރާމާތަށްފަހު ޚިދުމަތްދޭން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލެ އަދި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލުމަށް ގެންދަން ބޭނުން ކުރާ ފެރީގައި ދިމާވި މައްސަލަ ހައްލުކޮށް އަލުން ފެރީގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ މައްޔިތުން އުފުލުމަށް ބޭނުންކުރަމުންދިޔަ ފެރީގައި ކުރަންޖެހުނު މަރާމާތު ކުރުމަށްފަހު ފެރީގެ ޚިދުމަތް ދިނުމަށް ފަށާފައިވާ ކަމަށެވެ.

މައްޔިތުން އުފުލުމަށް ބޭނުންކުރަމުން ދިޔަފެރީ މަރާމާތުކުރަންޖެހުމާ ގުޅިގެން ހުކުރު ދުވަހުން ފެށިގެން މިއަދާ ހަމައަށް މައްޔިތުން ހުޅުމާލެއަށް ގެންދަން ބޭނުން ކުރީ ހުޅުމާލެއާއި މާލެއާ ދެމެދު ސައިކަލް ގެންދަން ހާއްސަކޮށްފައި އޮންނަ ފެރީ އެވެ.

މާލެއާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ފަށާފައިވަނީ މިދިޔަ މަސްތެރޭގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.