ސައުދީ އެއަރލައިންއިން ރާއްޖެއަށްކުރާ ދަތުރުތައް އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ސައުދީ އަރަބިޔާއަށް ކަނޑައަޅާފައި ހުންނަ ދިވެހި ސަފީރު އަބްދުލް ހަމީދު ވިދާޅުވެއްޖެއެވެ.
އަބްދުލް ހަމީދު މިފަދައިން ވިދާޅުވެފައިވަނީ އަރަބް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
މިބަސްދީގަތުމުގައި ހަމީދު ވިދާޅުވީ ސައުދިއާ އިން ރާއްޖެ އަށް މިހާރު ހަފުތާއަކު ކުރަމުން އަންނަ ދެ ދަތުރުގެ ބަދަލުގައި ހަތަރު ދަތުރު ކުރަން ނިންމާފައިވާ ކަމަށާއި ހަތަރު ދަތުރުގެ ތެރެއިން ދެ ދަތުރު ކުރާނީ ސީދާ ޖިއްދާ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށެވެ. އިތުރަށް ސަފީރު ވިދާޅުވީ ސައުދިއާގެ ދަތުރުތައް އިތުރު ކުރުމުން، ރާއްޖެ އަށް ސައުދީން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ.
ސައުދިއާގެ ދަތުރުތައް ރާއްޖެއަށްފެށީ މިދިޔަ އަހަރުގެ މާރޗްމަހުއެވެ.

















ޚިޔާލު