ރާއްޖޭގެ ޚަބަރު

ޕީސް ފައުންޑޭޝަންގެ ދަރުސެއް ހުކުރު ދުވަހުގެރޭ

ޕީސް ފައުންޑޭޝަންގެ ދަރުސެއް ހުކުރު ދުވަހުގެރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ދިއިސްލާމްއިން ކުރި ސުވާލަކަށް ޖަވާބުދެމުން ޕީސް ފައުންޑޭޝަންގެ އޮފިޝަކު ވިދާލުވީ މާރޗް 3 ވާ ހުކުރު ދުވަހުގެރޭ ޕީސް ފައުންޑޭޝަންގެ ދަރުސެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މިދަރުސް އޮންނާނީ ވިލިމާލެ ބޯޅަ ދަނޑުގައި ކަމަށެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން އޮފިޝަލް ވިދާޅުވީ ދަރުސް ދެއްވާނީ އައްޝައިހް އަބްދުއް ސަލާމް ދާއޫދު ކަމަށާއި ދަރުސްގެ މައުޟޫއަކީ "މޮޅިވެރި ނުވާށެ" އެވެ.

ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެރޭ 20:45 ގައެވެ. މިދަރުސް އަޑު އެހުމަށް ވީހާ ގިނަ ފަރާތްތަކުން ހާޟިރުވުމަކީ ދަރުސް އިންތިޒާމްކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *