ރާއްޖޭގެ ޚަބަރު ސީއެމްޑީއޭގެ ޝަރީޢާ އެޑްވައިޒަރީ ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލައިފި

ސީއެމްޑީއޭގެ ޝަރީޢާ އެޑްވައިޒަރީ ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލައިފި

ސީއެމްޑީއޭގެ ޝަރީޢާ އެޑްވައިޒަރީ ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޝަރީޢާ އެޑްވައިޒަރީ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން ސީއެމްޑީއޭއިން ކޮށްފައިވާ އިޢުލާނުގައި ކައުންސިލްގެ މެމްބަރުކަމުގެ ޝަރުތަކީ ޝަރީއާ އިން މާސްޓާސް ޑިގްރީއެއް އޮތުން ނުވަތަ ބައިނަލްއަގްވާމީ ސެކިއުރިޓީޒް ކޮމިޝަނެއް ނުވަތަ ކެޕިޓަލް މާކެޓް ރެގިއުލޭޓް ކުރާ އޮތޯރިޓީއެއްގެ ހުއްދައެއް ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ޝަރީއާ އެޑްވައިޒަރެއް ކަމަށްވުން ކަމުގައި ބުނެފައިވެއެވެ.

އަދި އިސްލާމިކް ފިނޭންސްގެ ދާއިރާ އިން ނުވަތަ އިސްލާމިކް ކެޕިޓަލް މާކެޓްގެ ދާއިރާ އިން ސީއެމްޑީއޭ ގަބޫލު ކުރާ ފެންވަރުގެ ތަޖްރިބާ ލިބިފައިވުންވެސް ކައުންސިލަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުކަމުގައި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރަކަށް ނުވަތަ ސީއެމްޑީއޭ އިން ރެގިއުލޭޓް ކުރާ ފަރާތެއްގެ ދާއިމީ މުވައްޒަފަކަށް ނުވަތަ އެފަދަ ތަނެއްގެ ބޯޑު މެމްބަރަކަށް ނުވުމަކީ ވެސް އެ ކައުންސިލްގެ މެމްބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތެކެވެ.

ޝަރީއާ އެޑްވައިޒަރީ ކައުންސިލުގެ މެމްބަރުން ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް 1،500ރ. ގެ އެލަވަންސެއް ލިބޭއިރު ކައުންސިލަށް ކުރިމަތިލުމުގެ އެންމެފަހު ތާރީޚަކީ 2017 މާރޗް 9 ވާ ބުރާސްފަތިދުވަހުގެ 15:00 އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.