ގަވައިދުތަކަށް ބަދަލުގެނެސްގެންވިޔަސް، އަންހެން މުދައްރިސުންނަށް މޫނު ބުރުގާ އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދޭންޖެހެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
Gavaaidh thakah badhalu genesgen viyas, kanbalunnah Moonuburuga aaeku ungenumai ungannaidhinumuge furusath rajjeyga onnanjehey kamah dheken.
”ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް“ ބަޔާން ކުރާ ގަވާއިދުގެ ދަށުން މި ދެ ޓީޗަރުންނާއިމެދު ފިޔަވަޅު އަޅާފައިވާއިރު ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް ބަޔާން ކުރާ ޗެޕްޓާ 14 ގެ 145 ވަނަ މާއްދާގެ (ހ)ގައި ބުނަނީ ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަލާތް ކުރާ ފަރާތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭތީ، ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން އެނގޭފަދަ ގޮތަކަށް ކަމަށެވެ.
މޫނު ބުރުގާގެ މައްސަލާގައި، ސޯޝަލް މީޑިއާގައިވެސް ދިވެހިންދަނީ އެޑިއުކޭޝަންގެ ނިންމުމާ ދެކޮޅަށް ހިޔާލު ފާޅުކުރަމުންނެވެ.





ކޮމެންޓް (0)
ލޯޑް ކުރަމުން...