ފާއިތުވެގެންދިޔަ ތިންއަހަރުގެ ތެރޭގައި ކީރިތި ގުރުއާނާއިބެހޭ މަރުކަޒުން ޖުމްލަ 18ދަރިވަރުން ހާފިޒްކަމުގެ ސަނަދު ހާސިލްކޮށްފިއެވެ.
2000ވަނަ އަހަރުގެ ތެރޭގައި އުފެދިގެންދިޔަ ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން މިހާގިނަ އަދަދެއްގެ ދަރިވަރުން ތަމްރީންކުރުމުގެ މައިގަނޑު މަގްސަދަކީ ގައުމުގައި ވީހާވެސް ގިނަ އަދަދެއްގެ ހާފިޒުން އުފައްދާ ބައިނަލްއަގްވާމީ މުބާރާތްތަކުން ދިވެހިގައުމަށް ރީތިވަނަތަކެއް ހޯދައިދިނުން ކަމުގައި އެމަރުކަޒުން ބުނެއެވެ..
އަދުގެ ސަރުކާރުން ދިވެހިރާއްޖެއަށް ނިސްބަތްވާ 500 ހާފިޒުން އުފެއްދުމުގެ ބޮޑު ޕްރޮގްރާމެއް ތައާރަފްކުރައްވާފައިވާއިރު އެޕްރޮގްރާމްގެ ދަށުން ކޮންމެ ފޮތެއް ހިތުދަސްކުރާ ކުއްޖަކަށް 500ރުފިޔާ ދެއްވާއިރު ގުރުއާން ހިތުދަސްކުރައްވާ ހާފިޒްކަމުގެ ސަނަދު ލިބިވަޑައިގަންނަވާ ފަރާތްތަކަށް 2000ރުފިޔާގެ އިނާޔަތެއް މުޅި އުމުރުދުވަހު ދެއްވުމަށްވަނީ ހަމަޖައްސަވާފައެވެ. މީގެ އިތުރުން ހާފިޒުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން އެބޭފުޅުންނަށް ސަރުކާރުންވަނީ ހާއްސަ މެޑަލްއެއް ދެއްވަން ފައްޓަވާފައެވެ.

















ޚިޔާލު