ދިވެހި/އިސްލާމް އިޚްތިޔާރީ މާއްދާއަކަށް ހެދުމާއި ގުޅިގެން މަދަނީ އިއްތިހާދުން މިކަމާ ދެކޮޅަށް ސިލްސިލާ ޚަރަކާތްތަކެއް ހިންގަން ފަށައިފި

ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ލިޔުނީ: ހުސެއިން ހަބީބު

ދިވެހި ރާއްޖޭގެ ތަޢުލީމީ މުޤައްރަރުގައި ހިމެނޭ އިސްލާމް އަދި ދިވެހި، ރާއްޖޭގައި ކިޔަވަމުންދާ މަތީ ޡާނަވީގެ ދަރިވަރުންނަށް އިޚްތިޔާރީ މާއްދާޔަކަށް ހެދުމާއި ގުޅިގެން 100 އެތައް ޖަމްޢިއްޔާ ޖަމާއަތްތަކެއް ހިމެނޭ މަދަނީ އިއްތިހާދުން މިކަމާ ދެކެޅުހެދުމުގެ ގޮތުން ސިލްސިލާ ޚަރަކާތްތަކެއް ހިންގަން ފަށައިފިއެވެ.

މިކަމާއިގުޅިގެން މަދަނީ އިއްތިހާދުން ހާމަކޮށްފައިވަނީ އިސްލާމް/ދިވެހި ދެ މާއްދާ އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ، މަދަނީ އިއްތިހާދުން  އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށާއި މިކަމަކީ ރައްޔިތުންނަށް  ވަރަށް ބޮޑަށް ކަމުގެ އަސްލު ޙަޤީޤަތް އޮޅުވާލެވިގެން ތަޢްލީމް ކުރިއަރުވާ ނަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޑރ. މުސްޠަފާ ލުޠުފީ ހިންގާފައިވާ ޤައުމީ ޖަރީމާއެއް ކަމުގައި  ހާމަކުރައްވާފައިވެއެވެ.

'މިމައްސަލާއިގައި އެޑިޔުކޭޝަން މިނިސްޓްރީއިން ވަނީ ރައްޔިތުންނަށް ކަނޑައެޅިގެން ބުޙުތާނު ދޮގު ހައްދަވާފައިކަމުގައި' މަދަނީ އިއްތިހާދުން ހާމަކުރައްވައެވެ.

މިކަމާއި ގުޅިގެން މަދަނީ އިއްތިހާދުގެ ކްރިޓިކަލް އެނަލިސިސް ކޮމިޓީއިންވަނީ މިކަން ދިރާސާކުރައްވައި ވީޑިއޯއެއް  ތައްޔާރުކޮށްފައެވެ.

މަދަނީ އިއްތިހާދަކީ ބަނގުރަލުގެ މައްސލައިގައި ނިކުމެ އެމައްސަލައިގައި ސަރުކާރު ސިހުންގެނުވާވަރުގެ ޚަރަކާތްތަކެއް ހިންގާފައިވާ ބޮޑު އިއްތިހާދެކެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.