ރާއްޖޭގެ ޚަބަރު

ދިވެހި ސަރުކާރުގެ ފަރާތުން 'ޝޯ'އެއް ބާއްވަނީ

ލިޔުނީ: އަލީ އަހްސަން

ދިވެހި ސަރުކާރުގެ ފަރާތުން 'ޝޯ'އެއް ބާއްވަން ތައްޔާރުވަމުންދާކަމަށް ސަރުކާރުގެ އިސްފަރާތްތަކުން މީޑިއާއަށް ޔަގީންކޮށްދީފިއެވެ.

ތަފާތު މައްސަލަތަކެއް ކުރިމަތިވެގެން ހުއްޓާލި 'ބޮނިއަމް ކޮންސެޓް' ސަރުކާރުން ބާއްވާގޮތަށް ހަމަޖައްސާ އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އެބަދާކަމަށް ޔޫތު މިނިސްޓާރ އަލްއުސްތާޒް ހަސަން ލަތީފުވަނީ ޔަގީންކޮށްދީފައެވެ. އިއްޔެގެ 'ހަވީރު' ނޫހަށް މައުޟޫމާތު ދެމުން މިނިސްޓާރ ހާމަކުރިގޮތުގައި 'ބޮނިއެމް ކޮންސެޓް ބާއްވަން ސަރުކާރުން އިސްނެގީ ބައިނަލްއަގުވާމީ ފަންނާނުންތަކެއް ބައިވެރިކޮށްގެން ރާއްޖޭގައި ކޮންސަޓެއް ބާއްވަން އިޝްތިހާރުކުރުމަށްފަހު ފްލޮޕް ވުމުން ރައްޖެއަށް ހުތުރުނަން ލިބޭނެތީ' ކަމަށެވެ.

ބޮނިއަމް ކޮންސެޓްގެ އިޝްތިހާރު ވަރަށް ގަދަޔަށް ކުރުމަށްފަހު ކުއްލިއަކަށް ޝޯ ބާއްވާނެ ތާރީހު ފަސްކުރުމަށްފަހު ފެނިގެން ދިޔައީ ބޮނިއެމް ކޮންސެޓާއި ބެހޭ ހިޔާނާތުގެ މައްސަލައެއް ފެންމަތިވެ އެމައްސަލަ ބަލަމުންދާތަނެވެ. ކޮންސަޓްގައި ބައިވެރިވާ މީހުން މާލެ ގެނެސްނުދެވުމުން ޝޯ ފަސްކުރުމަށްފަހު ޓިކެޓްގެ ރިފަންޑްވެސް ދޭނެކަމަށް އިއުލާންކޮށް އަނެއްކާ ފެނިގެން މިދަނީ މިކަންތައްގަނޑުގެ ތެރެއަށް ދިވެހި ސަރުކާރުން ވަދެ 'ލަދުން ސަލާމަތްވާން'ކަމަށް ބުނެ މިއުޒިކް ޝޯއެއް ދޭން ތައްޔާރުވަމުންދާތަނެވެ.

'ބައެއްކަންކަމުގައި ސަރުކާރުން ކުރަން ބޭނުންވެއްޖެނަމަ 'ފަންޑު' އަންނަ ނާންނަ ދިމާލެއް ނޭނގި އެކަމެއް ނިންމާލާއިރު އަނެއްބައި ކަންކަމުގައި 'ފަންޑު' ހަމަނުޖެހިގެން ނުކުރެވިފައިވާކަން ފާހަގަ ކުރެވޭ. އޭގެތެރޭގައި އިސްލާމިކް ޗެނަލްއެއް ހެދުމަށް 'ފަންޑު' ނެތިގެން އުޅެނިކޮން 'ޔޫތު ޓީވީ' ވަނީ ވުޖޫދަށް އައިސްފަ. އަރަބިއްޔާ ސުކޫލުގެ އާއިމާރާތް 'ފަންޑު'ނުލިބޭތީ ހެދޭނެ ތާރީހެއް ސަރުކާރަކަށް ނޭނގެ. މިފަދަ އެތައް ކަމެއް.' ނަން ހާމަކުރަން ނޭދޭ މީހަކު ހިތްހަމަނުޖެހިހުރެ ދިއިސްލާމްއަށް ހާމަކުރިއެވެ.

ގުޅުންހުރި

5 ޚިޔާލު

  1. ބަލަ ޔޫތު މިނިސްޓަރޫ.ކޮންސެޓެއް ނުބޭއްވިގެންދޯ ރާއްޖެއަށް ހުތުރުނަން ލިބިގެންދަނީ. މަސްތުވާތަކެއްޗާއި މާރާމާރިއާ ވައްކަމާ ޓެކުމާއި މިފަދަ ކަންކަމުން ރާއްޖެއަށް ވަކި ހުތުރުނަށް ނުލިބޭތަ.މާރަނގަޅުވާނެ މިކަންތަށް އިސްލާޙްކުރިއްޔާ.މީގެ މަހެއްހާދުވަސް ކުރިން ރާއްޖޭގެ ކަންޓުރީ ބޭންކުގެ މެނޭޖަރަށް ހަމަލާދީގެން އެބޭފުޅާ ވިދާޅުވީ “ދެންދުވަހަކުވެސް ރާއްޖެއަށް ނުދާނަމޭ”.މިއަކީ ލިބޭ ހުތުރުނަމެއްނޫންތަ.ތިބޭފުޅާ ތިމަގާމަށް ރައްޔިތުން ހަވާލުކުރީ ޒުވާނުން މަގުފުރައްދާކަށެއްނޫނެވެ.އޭގެ ބަދަލުގައި ޒުވާނުން ހަމަމަގަށް އަޅުވާ އިސްލާޙް ކުރުވަންށެވެ.މިކަން ނުކުރެވެންޏާ އިސްތިޢުފާ ދެއްވާ. ކޮންމެހެން ޒުވާނުންތަށް ހަލާކުކުރާނެކަމެއްނެތެވެ!

  2. އާނ. ލާދީނީ މީހުން ވަރަށް އުފާކުރާނެ ކަމެއް ތީ. އަނެއްކާވެސް ޒުވާނުން އިތުރު މަސްތުކަމާއި ޣާފިލުކަމަށް ގަންބުވާ ޒުވާނުން ހަލާކުކޮށްލުމަށް ޒުވާނުންގެ މިނިސްޓްރީން ވަރަށް ވަރުގަދަ ޕްރޮގްރާމްތައް ރާވަން ފޫގަޅާލާފައި އެތިބީ. މިއުޒިކަކީ ޝައިޠާނާގެ ޤުރުއާން. މިއުޒިކްގެ ސަބަބުން ތިމާ ދީނާއި ދުރުކޮށް، އަޤީދާ ހަލާކުކޮށް، އެންމެ ފަހުން ކުފުރާއި ހަމައަށް ގެންދޭ. ދިވެހިންގެ ތެރޭގައިވެސް މިއުޒިކްގައި ޖެހި އޭގެ ސަބަބުން މިހާރު އެއްވެސް ދީނެއް ޤަބޫލުނުކުރާ ޒުވާނުން ވަނީ އުފެދިފައި. ޒުވާނުންގެ މިނިސްޓްރީގެ މަޤްޞަދަކީ މިއީބާ؟ ޒުވާނުން ﷲގެ ޒިކުރާއި ދުރުކޮށް ޣާފިލްކަމުގެ މަސްތުގައި ޖައްސާ މަގުފުރެއްދުން ބާ؟

  3. ދީނާ ސަރުކާރާ ކުގުޅުވޭނެ. ސިޔާސީ ހަތިޔާރަކަށް ދީން ނީނީ ލިޔުން ގެނެސްދޭ ސައިޓް ތަކުން ނުހެދުން އެދެން

  4. ރަނގަޅު.ޔޫތު ޓީވީއަކީވެސް ޒުވާނުން ހަލާކުކޮށް މަގުފުރެއްދުމައްޓަކައި،ޔޫތު މިނިސްޓުރީން ފަންޑުލިބިގެން އުފައްދާފައިވާ ޗެނަލެކެވެ.

  5. ދީނާއި ސިޔާސަތަކީ ވަކިކުރެވޭނެ އެއްޗެއް ނޫން. ދީން ސިޔާސީ ހަތިޔާރަކަށް ހަދަނީއޭ ކިޔައިގެން ވާހަކަ އެދައްކަނީ ދީނާއި ސިޔާސަތު ވަކިކުރަން ބޭނުންވާ މީހުން.
    ހޭއަރާ! މިއުޒިކް ޝޯ ބާއްވަނީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށޭ، ސަގާފަތު ދިރުވަންށޭ، މިކަހަލަ ވާހަކަ ދައްކަނީ ވަރަށް ބޮޑަށް އޮޅުވާލަން. އިސްލާމީ ޝަރީއަތުގައި މިއުޒިކަކީ ހަރާމް އެއްޗެއްކަން ޤުރުއާނާއި ހަދީޘްތަކާއި ސަލަފުއްސާލިހުންގެ ބަސްފުޅުތަކުން ސާބިތުވެ، 4 މަޒުހަބުގެ އިމާމުންވެސް އެއްވެސް އިޚްތިލާފެއް ނެތި މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް އެއްބަސްވެފައިވާ އިރު ކިހިނެތްތޯ މިއުޒިކް ޝޯތައް އިސްލާމީ އުސޫލާއި އެއްގޮތަށް ގެންދެވޭނީ؟
    ﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވާ އިސްލާމް ދީނުގެ މަގަށް ހިދާޔަތު ދެއްވާށި!

Your email address will not be published. Required fields are marked *