އެހީ!

މަރުގެ ތުންފަތްމަތީގައި އޮތް މިޒުވާނާއަށް އެހީގެ އަތެއް….

ދިވެހި ޤައުމުގެ މުސްތަޤްބަލަށްޓަކައި ތަޢުލީމީ ޒުވާން ޖީލެއް ބިނާކޮށްދިނުމަށް ހިތްވަރާއި އަޒުމާއިއެކު މަސައްކަތްކުރަމުންދިޔަ ހދ ނޭކުރެންދޫ ބިލަމަގުމާގޭ ހަސަންޢަބްދުލްލަތީފް، އިއްޔެ އުފާ ފާޤަތިކަމާއިކު ދިރިއުޅުން ވޭތުކުރި ނަމަވެސް، މިއަދު އޭނާ އެދަނީ މަރާއި ހަނގުރުމާކުރަމުންނެވެ. މި މަހުގެ 14 ވަނަ ދުވަހު ނޭކުރެންދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު ސީރިޔަސް އަނިޔާތަކަށް ފަރުވާކުރުމަށްޓަކައި މާލޭ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ހަސަން އޮތް އިރު، އެ ޒުވާނާގެ ޢާއިލާއަށް ކުރިމަތިވެފައިވާ ހިތްދަތިކަމަކީ ބަޔާން ކުރަން ފަސޭހަކަމެއް ނޫނެވެ.

މައިވަންތަކަމުގެ ލޯބިން، އުފާވެރި މާހައުލެއްގައި އެންމެ ޅަދުވަހުން ސުރެން ދަރިފުޅު ބޮޑުކޮށް، ހަރުދަނާ ޒުވާނަކަށް ހަދައި ދިނުމަށްފަހު، މުޖްމަޢުއަށް ހިދުމަތް ކުރަމަށް އެދަރިފުޅު ދޫކޮށްލެވުމަކީ އެ މަންމަގެ ލޮލުގެ ފިނިކަން ކަމުގައި ވިޔަސް، މިއަދު އެ މަންމަގެ ލޮލުން އޮހޮރެމުން ދަނީ ހިތްދަތިކަމުގެ ވޭނީ ކަރުނައެވެ. އެ މަންމަގެ ކޯތައްފަތްމައްޗަށް އޮހޮރެމުންދާ ކަރުނުގެ އަސަރު، މިއަދު މުޅި ޢާއިލާއިންވެސް ދަނީ ބަރުދާސްތު ކުރަމުންނެވެ. އުފާވެރިކަން ގެއްލި، މާޔޫސްވެފައިވާ އެ މޫނުތަކަށް އުފާވެރިކަން ލިބޭނީ މަރާއި ހަނގުރާމަކުރަމުންދާ އެ ޒުވާނާއަށް އުންމީދުގެ އަލިމަގެއް ހޯދައިދެވިގެންނެވެ. މިކަން ކޮށްދެވޭނީ އަޅުގަނޑުމެން އެންމެންގެ ފަރާތުން ދެވޭ ދީލަތިއެހީއާއި ހެޔޮ ދުޢާގެ ސަބަބުންކަން ހަމަ ޔަޤީނެވެ.

މި ނުރައްކާތެރި އެކްސިޑެންޓްގެ ސަބަބުން ހަސަންނަށް ވަރަށް ސީރިޔަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އެގޮތުން ބޮލުގެ ނާށިގަނޑުގައި ރެނދުލައި ކަނދުރާގެ ބަދައެއްފިތި، ބައެއް ނާރުތައްވަނީ އެނބުރިފައެވެ. މިކަމަށް ފަރުވާ ކުރުމަށްޓަކައި ހަސަން ރާއްޖޭން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން  ލަފާ ދެއްވާފައިވީ ނަމަވެސް ޢާއިލާގެ ފުއްދުންތެރިކަން މިފަދަ ބޮޑު ހޭދައެއް ކުރުމަށް ތަން ނުދޭދީ، ވަގުތުން ރާއްޖެއިން ބޭރަށް ގެންދެވޭކަށް ނެތެވެ. އެކަމަށްޓަކައި ވަރަށް ގިނަ ފައިސާ ބޭނުންވެއެވެ. ހަސަންނަށް ލިބިފައިވާ އަނިޔާގެ ސީރިޔަސްކަމުން ކުރަންޖެހޭ އޮޕަރޭސަނަށް ބޮޑު ހަރަދެއް ހިނގާނެކަން ހަމަ ޔަޤީނެވެ. މިފަދަ ކަމެއް ކުރެވޭނީ ވަރަށް ގިނަ ބަޔެއްގެ ދީލަތި އެހީއާއިއެކުގައެވެ.

މިއަދުވެސް އުފަލުން ނަށަމުން ކަހަލަ ގޮތަކަށް އިރު އުދަރެހުން އަރާނެއެވެ. ރައްޓެހިން ގުޅަފައި ކޮފީ ބޯލަން ވެސް ދަޢުވަތު ދޭނެއެވެ. މިއަދަކީ އަހަރުމެންނަށް ހަމަ ވަރަށް އާދައިގެ އުފާވެރި ދުވަހެކެވެ. އެކަމަކު ތިބާ ފަދަ އިންސާނަކު ތިބާއަށްޓަކައި މިއަދު އެބަ އާދޭސް ކުރެއެވެ. ހަރަކާތެއް ނެތި، ހޭވެރިކަމެއް ނެތި އެޒުވާނާ އެހެން އޮތްކަމުގައި ވިޔަސް، ތިބާއަށްޓަކައި އެ ޒުވާނާ އެބަ ގޮވައެވެ. އެ ޢާއިލާގެ ހަމަ ކޮންމެ މެންބަރަކުވެސް އެހީތެރިކަމަކަށް އެދި އެގޮވަނީ ނުހަނު އާދޭހާއިއެކުގައެވެ. މިއަދު ކޮފީ ބޯލަން ކުރާ ހަރަދަކީ ކުޑައެއްޗެއްކަމަށް ދެކޭއިރު، އިންސާނިއްޔަތަށްޓަކައި މި ޒުވާނާއަށްވެސް ފައިސާގެ އެހީއެއް ދިއްކޮލުމަކީ ބޮޑު ކަމަކަށް ނުދެކޭށެވެ. އެހީތެރިވުމުގެ ގޮތުން ދިއްކޮށްލާ އެންމެ 5 ރުފިޔާއަކީ ވެސް މިއަދު އެ ޢާއިލާއަށް ރަނަށް ވުރެންވެސް އަގުބޮޑު އެއްޗެކެވެ. ފައިސާގެ ކިތައްމެ ކުޑަ އަދަދެއްވެސް އެ ޢާއިލާއިން ބަލައިގަންނާނީ ހިތްހެޔޮކާމާއި ޝުކުރުވެރިކަމާއިކުގައެވެ.

މާޔޫސްވެފައިވާ މި ޢާއިލާއަށް އުފާވެރިކަން ގެނެސް ދިނުމަށްޓަކައި ހަމަ ކޮންމެ މީހަކުވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަމާ ހިނގާށެވެ. ހިތްދަތިކަމުގައި ދުވަސްތައް ގުނަމުންދާ މިދީބުގެ މަންމައަކަށްޓަކައި ހަމަ ކޮންމެ މީހަކުވެސް ޤުރުބާނީއެއް ވެލައްވާށެވެ. ބޭނުންވަނީ އެހީތެރިކަމެކެވެ. މިއަދުގެ ހަސަންގެ ޢާއިލާއިން އެހީތެރިކަމަށް އެދި އާދޭސް ކުރަމުން ދާއިރު، މާދަމާ ހަމަ މިފަދަ އެހީތެރިކަމަކަށް އެދި ގޮވާނީ ތިބާގެ ޢާއިލާއިން ނޫންކަމެއްވެސް ނޭނގެއެވެ. މިފަދަ ހިތްދަތި ހިތާމައެއްގައި މާދަމާ ކަރުނަ އޮހޮރާލާނީ ތިބާގެ މަންމަ ނޫންކަމެއްވެސް ނޭނގެއެވެ. ހަމައެހެންމެ އެ ބަލި އެނދުގައި އޮންނާނީ ތިބާ ނޫންކަމެއްވެސް ހަމަ ނޭނގެއެވެ. އެހެންކަމުން ފުރުޞަތުގެ ބޭނުން ހިފާށެވެ. ހަސަންނަށް އެހީވުމަށް ގުޅުއްވާނީ މުހައްމަދު ޒާހިރު (9751609) އަދި އިބްރާހިމް އަރީފް( 7949374) އަށެވެ. އަދި ބޭންކް މެދުވެރިކޮށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން 101-206170-7701 މި އެކައުންޓް ނަންބަރަށް ފައިސާ ޖަމާކުރެވިދާއެވެ.

ހަސަންނަކީ ހީވާގި މުދައްރިސެކެވެ. ދަރިވަރުންތަކެއްގެ އެދުރެކެވެ. މި ޤައުމުގެ ތަޢުލީމީ ހަރުދަނާ ދަރިއަކަށްޓަކައި، ހަމަ ކޮންމެ މީހަކުވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާށެވެ. މިއީ މިޤައުމުގެ އަގު ހުރި ދަރިއެކެވެ. އަޅުގަނޑުމެންގެ އެހީތެރިކަމާއިއެކު ހަސަންނަށް ފަރުވާދެވި، އަލުން އަނބުރާ ކުރީގެ ދިރިއުޅުމަށް ގެނެސް ދެވިއްޖެނަމަ، ހަމަ ޔަޤީނުންވެސް އެ ހާސިލްކޮށްދެވުނީ މި ޤައުމުގެ ދަރިވަރުންތަކެއްގެ ފޮނި އުންމީދެއްވެސްމެއެވެ.

ގުޅުންހުރި

4 ޚިޔާލު

  1. mikahala bodethi kankamugai ehy akah ehdunas gina myhun thibeyny alhaanula….. mee varah dhera kameh…. ehenvyma huriha dhivehin athugulhaalaa mikahala myhunah ehyge atheh foarukohdheyn masaiyykaii fashanvy….

  2. އަޅުގަނޑު ވ. އަސަރު ކޮށްފި މި ލިޔުން ކިޔާފަ! މީގެ ކުރިއަކުން އަޅުގަނޑުމެން އަޑުނަހަން ތިވަރުގެ ބޮޑުކަމެއް ދިމާވެގެން ޑޮކްޓަރ ބޭރަށް ފުރަން ބުނެގެން ނުދެވި ހުރި އެއްވެސް މީހެއްގެ ވާހަކަ އެއް! ޑޮކްޓަރ ބޭރަށް ގޮސްގެންނޭ ރަގަޅުވާނީ ބުނެފިއްޔާ އެހިސާބުން އެހީބޭނުން ބަޔަކަށް އޮންނާނީ ލިބިފަ! ” ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މީގެ ކުރިންވެސް އަޅުގަނޑުމެނަށް ތަފާތު ނުރައްކާތެރި ބަލިތަށް ޖެހި ބޭސް ކުރެވޭނެގޮތް އިބަރަސްކަލާގެ މިންވަރު ފުޅުން ވަނީ ތަނަވަސް ކުރައްވާފަ! ހައްދާބޮޑުކުރެއްވި ރަސްކަލާކޮ! މިއަދު އަޅުގަނޑު މެންގެ ގައުމުގެ ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތިކަމާއި ހިތްދަތި އުދަގޫ ކަންތައް ތަކުން ސަލާމަތް ކުރައްވާފާދޭއެވެ.” =އާމީން=

  3. މިއެކައުންޓުގެ ނަން ނެތަސް ފައިސަޖަމާކުރެވިދާނެތޯ؟؟؟؟؟؟؟؟؟؟؟؟

  4. ހެޔޮކަމެއް ކޮއްދިން މީހަކަށް ﷲ އެމީހަކަށް ހެޔޮދަރުމަ ދެއްވާނެއެވެ.

Your email address will not be published. Required fields are marked *

More in އެހީ!