ދިއިސްލާމް މަޖައްލާ:
ދިއިސްލާމް މަޖައްލާއަކީ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގައި 03 އޭޕްރީލް 2011 ރަޖިސްޓްރީ ކޮށްފައިވައިވާ މަޖައްލާއެކެވެ. މިމަޖައްލާ އަކީ މަހަކު 1 ފަހަރު ޕްރިންޓް ކޮށްގެން ނެރުމަށް ރަޖިސްޓްރީ ކޮށްފައިވާ މަޖައްލާއެކެވެ.
މިމަޖައްލާ އަކީ ޕްރިންޓްކޮށްގެން ނެރޭ މަޖައްލާއަކަށްވިޔަސް މިމަޖައްލާ އޮންލައިންކޮށް ކިޔާލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބުކްސް.އެމްވީ ވެބްސައިޓުންނާއި އެވެބްސައިޓްގެ އެންޑްރޮއިޑް އެޕްލިކޭޝަންއިންވެސް ދިއިސްލާމް މަޖައްލާ ކިޔާލެވޭނެއެވެ.
ދިއިސްލާމް މަޖައްލާގެ ވެބްސައިޓަށް ޒިޔާރަތްކުރައްވާ!
ދިއިސްލާމް ގެ މިޝަން:
ދިއިސްލާމް މަޖައްލާ އަކީ ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭ މީޑީއާ އަކަށްވީނަމަވެސް ދިއިސްލާމް ގެ ބޭނުމަކީ ހުރިހާ ދާއިރާއަކުން ހޭލުންތެރިކަން އިތުރު ކުރުމެވެ. އެގޮތުން އިޖްތިމާއީ ހަރަކާތްތަކުގެ ތެރެއިން ގިނަ ބަޔަކަށް ޚިދުމަތްތަކެއް ކޮށްދިނުމެވެ.
ދިއިސްލާމް ޕްރިންޓް އަދި އެހެނިހެން ޚިދުމަތްތައް:
އިޖްތިމާއީ ހަރަކާތްތައް ހިންގުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރި އުސޫލުން ކުރިމަތިވާ ގޮންޖެހުންތަކެވެ. އެހެންކަމުން އެގޮންޖެހުންތަކާއި ކުރިމަތިލުމަށް ދިއިސްލާމް އިން ވަނީ ޕްރިންޓު ކުރުމުގެ ދާއިރާއަށް ވަދެފައެވެ. ޢިލްމީ ފޮތްތަކާއި މަޖައްލާ އަމިއްލައަށް ޕްރިންޓްކޮށް ނެރުމުގެ މަސައްކަތަކީ އަގުގެ ގޮތުން އަތްފޯރާފަށަށް ގެނައުމަށް ކުރެވޭ މަސައްކަތެކެވެ. މީގެ އިތުރުން ސީޑީ ހެދައިދިނުމާއި ޑިޒައިންގެ މަސައްކަތް ހިމެނެއެވެ. ފޮތް ޑިޒައިން ކޮށްދިނުމާއި ވެބްސައިޓް ހެދުމާއި ޕޯސްޓަރ ޑިޒައިން ކުރުމުގެ ދާއިރާގައި ދިއިސްލާމް އިން ވަނީ މަސައްކަތް ފަށާފައެވެ.
ޝުކުރު:
“ދިއިސްލާމް” މިނަމުގެ ފަހަތުގައި އެތައް ބަޔެއްގެ ބުރަ މަސައްކަތް ހިމެނެއެވެ. އެންމެ މުހިންމު ރޯލެއް އަދާކުރަނީ ދިއިސްލާމް އޮންލައިން ނޫހާއި ދިއިސްލާމް މަޖައްލާގެ ކިޔުންތެރިންނާއި ލިޔުންތެރިންނެވެ. މިހާހިސާބަށް ދިއިސްލާމް ގެނައުމުގައި އަމަލީ ގޮތުން އެތައް ބަޔެއްގެ އެހީތެރިކަން ލިބިފައިވެއެވެ. އަދި ދިއިސްލާމް ގެ މުއައްޒަފުންނާއި ހިލޭ ސާބަހަށް ދިއިސްލާމްއަށް ލިޔުއްވާ ފަރާތްތައް ޝުކުރުވެރިކަމާއި އެކު ފާހަގަ ކުރަމެވެ.
ޚިޔާލު