ދިއިސްލާމް މަޖައްލާއަކީ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގައި 03 އޭޕްރީލް 2011 ރަޖިސްޓްރީ ކޮށްފައިވައިވާ މަޖައްލާއެކެވެ. މިމަޖައްލާ އަކީ މަހަކު 1 ފަހަރު ޕްރިންޓް ކޮށްގެން ނެރުމަށް ރަޖިސްޓްރީ ކޮށްފައިވާ މަޖައްލާއެކެވެ. މިހާތަނަށް ދިއިސްލާމް މަޖައްލާގެ 30 ޢަދަދަށްވުރެ ގިނައިން ވަނީ ޝާއިއުކޮށްފައެވެ. މިމަޖައްލާ އަކީ ޕްރިންޓްކޮށްގެން ނެރޭ މަޖައްލާއަކަށްވިޔަސް މިމަޖައްލާ އޮންލައިންކޮށް ކިޔާލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
ދިއިސްލާމް މަޖައްލާ ރާއްޖޭގެ ކަންކޮޅުތަކުން ލިބެން ހުރި ބައެއް ތަންތަން:
- މާލޭގެ މަޝްހޫރު ބުކްޝޮޕްތަކުން
- ޤައުމީ ކުތުބުޚާނާ
- ޤައުމީ ޔުނިވަރސިޓީގެ ކުތުބުޚާނާ
- ބައެއް ސްކޫލުތަކުގެ ކުތުބުޚާނާތަކުން
އިންޝާﷲ ދިއިސްލާމް މަޖައްލާ ސްރީލަންކާއިން ލިބޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެއެވެ. އޭގެ ތަފްސީލް ކިޔުންތެރިންނާއި ހިއްސާ ކުރަމުންދާނަމެވެ.
ޚިޔާލު