އިސްލާމްދީނުގެ ހިދާޔަތުގެ އަލިގަދަ ނޫރުން ދިވެހި ބިން އަލިވެގެންދިޔައީ މިދީބުގެ އަހުލުވެރިންގެ މައްޗަށް ރަޙްމާނު ވަންތަ ﷲ ގެ ދީލަތިވެގެންވާ ޚާއްސަ ޢިނާޔަތް ތެރިކަމެއްގެ ގޮތުގައެވެ. ލޭ އޮހޮރުވުމެއް، ދެކޮޅުވެރިކަމެއް އަދި ހަނގުރާމައެއް ނެތި ރުހުމުގައި މިޤައުމުގެ ރައްޔިތުން އެކީއެކުގައި އިސްލާމްދީން ޤަބޫލުކުރި ކުރުމަކީ ކޮންފަދަ ބޮޑު ނިޢުމަތެއްތޯއެވެ. އެކަމަކަށްޓަކައި މިދީބުގެ އަހުލުވެރިން އެންމެ އުފާކޮށް ފަޚުރުވެރިވާ ކަމަކީ، ޝިރުކުގެ އަނދިރިކަމާއި ބިދުޢަވެރި ފިރުޤާތަކާއި، ކުފުރުގެ ޘަޤާފަތްތަކުން ސާފުވެ، މުސްލިމުންގެ ސާފު ޢަޤީދާކަމަށްވާ އަހުލުއްސުންނާ ވަލްޖަމާޢާގެ ޢަޤީދާގައި ދުނިޔޭގައި އޮތް ހަމައެކަނި ޤައުމަކީ މި ލޮބުވެތި ދިވެހިރާއްޖެ ކަމުގައިވާތީއެވެ.
ތާރީޚީ ފަތްފުއްތަކުން ދޭހަކޮށްދެނީ މިހިނގާ 2011 ވަނަ އަހަރަށް ދިވެހި ރާއްޖޭގެ ނަސީބުވެރި ރައްޔިތުން ޝިރުކުގެ އަނދިރިކަން ދޫކޮށް ﷲ ތަޢާލާއަށް އަޅުކަން ކުރަމުން ގެންދާތާ 858 އަހަރު ފުރިހަމަ ވާނޭކަމަށެވެ. ފާއީތުވީ 850 އަހަރުގެ ދިގު ތާރީޚުގައި މާތްވެގެންވާ އިސްލާމްދީން މިޤައުމުގައި ރައްކާތެރި ކުރެވިފައިވަނީ ކުޅަދުންވަންތަ އިލާހެއްގެ މަތިވެރި ބާރަކާއި ދީލަތި ރަޙުމަތަކުންކަން ކަށަވަރެވެ. ދައުލަތުގައި އާރެއް ބާރެއްނެތް، ޤައުމުގައި ދިފާޢީ ވަޞީލަތެއްނެތި، ޖާނުގެ ގޮތުން ނިކަމެތި ޖިސްމާނީ ގޮތުން ބަލިކަށި ރައްޔަތުން ތަކެއް ރައްކާތެރި ކޮށްދެއްވާފައިވަނީ އެކަލާނގެއަށް ކިޔަމަންގަތް އަޅުންނަށް ދެއްވުމަށް ކީރިތި ﷲ ވަޢުދުވެ ވޮޑިގެންފައިވާ ގަދަފަދަ ޙިމާޔަތްތެރިކަމުންކަން ކަށަވަރެވެ.
އިންޑިޔާގެ ޢަދުއްވުންނާއި، ޕޯޗުގީޒުގެ ޞަލީބީންނާއި، ދެންވެސްތިބިހައި ޙަސަދަވެރި އަނިޔާވެރިންނެއްގެ ކިބައިން މިޤައުމު ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް މިޤައުމުގެ އެތައް އަބުޠާލުންނެއް ބޮޑެތި ޖިހާދުތަކެއްކޮށް މަތިވެރި ޤުރްބާނީތަކެއް ވެފައިވެއެވެ. އެމުޖާހިދުންނަށް މާތްﷲ ރަޙްމަތް ލައްވާށިއެވެ.
ބ. އަތޮޅު ލަނޑާ ގިރާވަރޭކިޔުނު ފަޅުރަށުގައި ހަދާފައިވާ ފޯސީޒަންސް ރިސޯޓުގައި 2007 ވަނަ އަހަރު މާރޗްމަހު، މުޝްރިކުން ޝަރީކު ކުރުމަށް ގެންގުޅޭ ޒާތުގެ ބޮޑު ބިޔަ ބުދަކާއި އެޒާތުގެ އެތަކެއް ކުދިކުދި ބުދުތަކެއް ބެހެއްޓުނެވެ. މިއަނިޔާވެރި ޢަމަލަކީ އޭރު މިރާއްޖޭގައި އޮތް އަނިޔާވެރި ސަރުކާރުގެ ހުއްދަ ލިބިގެން ދިވެހިންގެ ތެރެއިން ބަޔަކާއި ބޭރުގެ ބަޔަކާއި ގުޅިގެން ހިންގި ޖަރީމާއެކެވެ. މިކަން ވެގެންދިޔައީ ޣީރަތްތެރި މުސްލިމު ދިވެހި ދަރިންގެ ހިތްތަކަށް ކެތްކުރެވޭ ވަރުގެ ކަމަކަށްނޫނެވެ. އިދިކޮޅުހެދުމުގެ ތަފާތު ޝުޢޫރުތަކާއި، މިކަމުގައި އެކިމިންވަރަށް ބައިވެރިވި ފަރާތްތައް ކުއްވެރިކޮށް މުޅިޤައުމުގައި އެކިފެންވަރުގައި އަޑު އުފުލުނެވެ. ތަފާތު ބަހަނާތައްދައްކަމުންގޮސް އެންމެފަހުން އެނަޖިސްތައް މިޠާހިރު ބިމުން ބޭރުކުރިއެވެ. ﷲ ޙަމްދު ހުއްޓެވެ. ދިވެހިން އުއްމީދުކޮށްގެން ތިބީ ޝިރުކުގެ ނަޖިހުން މިޤައުމު ސަލާމަތްވީކަމުގައެވެ.
ސިޔާސީގޮތުން ރައްޔިތުންގެ ތާއީދު ހޯދުމަށް ވަސީލަތެއްކަމުގައި މިބުދުގެ ވާހަކަ މިހާރު މިޤައުމުގެ ވެރިކަމުގައިތިބި މީހުން ދެއްކީ ވަރަށް ގަދައަށެވެ. ބުދުތަކުގެ ނަޖިސްކަމުގެ ވާހަކައި، ޝިރުކުގެ އަނިޔާވެރިކަމާއި، ޠާޣޫތުންގެ ކިބައިން މިޤައުމުގެ ރައްޔިތުން ސަލާމަތްކޮށް ﷲ ގެ ޝަރީޢަތް މިބިންމަތީގައި ޤާއިމް ކުރުމަށް ހަރު އަޑުން ގޮވަމުންގެންދިއައެވެ. އެހެންނަމަވެސް މިދެންނެވި ފާސިޤުން މިއަދު ތިބީ ޠާޣޫތު ސަރުކާރުގެ ޝައިޠާނީ ދަޅަތަކަށް ހެއްލި އަނިޔާވެރިކަން ޚިޔާރުކޮށްގެންނެވެ. ބައެއް މީހުން ބުނަނީ "އެއީ އެހެން ހިނގި ކަމެއްނޫންކަމަށެވެ." ނުވަތަ "އެވަރުގެ ކަމެއްނޫން ކަމަށެވެ." ނޫނީ " އެއީ ސިޔާސީ ވާހަކައެއް ކަމުގައެވެ."
އާނއެކެވެ. މިދައްކަނީ މުސްލިމު ދިވެހި ރައްޔިތުންތަކެއް ދިރިއުޅެމުންގެންދާ ރަށެއްގައި، އަދިކިއެއްތަ! ދިވެހި ރާއްޖޭގައިތިބި އިސްލާމްދީނުގެ އެންމެ ގިނަ ޢިލްމުވެރިންނާއި އެދީނަށް ލޯބިކުރާ އެންމެ ބޮޑު ދިވެހި އާބާދީގައި، ހުސްޠާހިރުވަންތަ ﷲ ފިޔަވައި އެފަރާތްތަކަކަށް މުޝްރިކުން އަޅުކަން ކުރަން ގެންގުޅޭ ބުދުތައް ބަހައްޓައިގެން އެކަން ބޮޑުވެގެން އުޅޭ ވާހަކައެވެ.
އާނއެކެވެ. މިދައްކަނީ މުސްލިމު ދިވެހި ރައްޔިތުންތަކެއް ދިރިއުޅެމުންގެންދާ ރަށެއްގައި، އަދިކިއެއްތަ! ދިވެހި ރާއްޖޭގައިތިބި އިސްލާމްދީނުގެ އެންމެ ގިނަ ޢިލްމުވެރިންނާއި އެދީނަށް ލޯބިކުރާ އެންމެ ބޮޑު ދިވެހި އާބާދީގައި، ހުސްޠާހިރުވަންތަ ﷲ ފިޔަވައި އެފަރާތްތަކަކަށް މުޝްރިކުން އަޅުކަން ކުރަން ގެންގުޅޭ ބުދުތައް ބަހައްޓައިގެން އެކަން ބޮޑުވެގެން އުޅޭ ވާހަކައެވެ.
2011 ނޮވެމްބަރު 10 އިން 11 އަށް އައްޑު އަތޮޅުގައި ބޭއްވި ސާކު ސަމިޓަށް ރަށުތެރެ ޒީނަތްތެރި ކުރުމަށްކަމަށްބުނެ އަތޮޅުގެ ރަށްތަކުގައި ބަހައްޓާފައިވާ ބޮޑެތި ބިޔަ ބުދުތަކަކީ ޚާއްސަކޮށް މިދެންނެވި މުސްލިމް އާބާދީއަށް ޖެއްސުމާއި މަލާމާތްކޮށް، ޢާއްމުކޮށް ދިވެހި މުސްލިމު ރައްޔިތުންނަށް ފުރައްސާރަ ކުރުމަށް ސަރުކާރުގައި ތިބި، ފާސިޤު ވެރިން ހިންގި އަނިޔާވެރި ޣައިރު ޤާނޫނީ ޢަމަލެކެވެ. ސާކުގެ ޤައުމުތަކުގައި އެންހާސް ދީން އޮވެފައި އިންޑިޔާގައި އެއްލަކަ ދީން އޮތަސް މިދިވެހި ރާއްޖޭގައި އިސްލާމްދީނުގެ އިތުރުން އެހެން އެއްވެސް ދީނެއް އޮވެގެން ނުވާނެއެވެ. ﷲ އިރާދަކުރެއްވިޔާ އެކަން އެނޫންގޮތަކަށް ވިޔަކަ ނުވެސް ދޭނަމެވެ. ދަންނާށެވެ. މިޤައުމަކީ މުސްލިމުންގެ ޤައުމެކެވެ. މުސްލިމުން ނޫން ބަޔަކަށް މިޤައުމަކު ނޫޅެވޭނެވެ. ރަށްވެހި ކަމެއްވެސް ނުލިބޭނެއެވެ. ދިވެހީންގެ ޠާހިރު ބިން ޝިރުކުގެ ނަޖިހުން ކަޅިނުކުރުމަށް މިޤައުމުގެ އަނިޔާވެރި ވެރިންނަށް ހަރުއަޑުން ގޮވާލަމެވެ. (ނުނިމޭ)
ކޮމެންޓް (0)
ލޯޑް ކުރަމުން...