ރާއްޖޭގެ ޚަބަރު ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް މާލެ ދިއުމަށް ފުރަނީ

ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް މާލެ ދިއުމަށް ފުރަނީ

ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް މާލެ ދިއުމަށް ފުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މައްކާއިން

15 ނޮވެމްބަރު 2011، މިއަދު ހަވީރު މައްކާ ގަޑިން 06.40 ގައި ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް މާލެ ދިއުމަށްޓަކައި ޖިއްދާގެ ވައިގެ ބަނދަރުން ފުރާނެއެވެ.

މި ފްލައިޓުން ޖުމްލަ 175 ދިވެހި ޙައްޖުވެރިން މާލެ ދިއުމަށްޓަކައި ފުރާނެއެވެ. އެއީ އަލްޚައިރާއި އަލްބަޓްރޮސް ޖަމާޢަތުގެ ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓެވެ. މި ދެ ޖަމާޢަތުގެ ދެވަނަ ފްލައިޓް އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

މިއަދު ޖިއްދާގެ ވައިގެ ބަނދަރުން ފުރާ ފްލައިޓް އިބްރާހީމް ނާސިރު ވައިގެ ބަނދަރުގައި ޖައްސާނީ 16 ވަނަ ދުވަހު ދަންވަރު 02.05 ގައެވެ.

އަދި 16 ވަނަ ދުވަހު މަލީޝާ ޖަމާޢަތުގެ ޙައްޖުވެރިން މާލެ ދިއުމަށްޓަކައި ފުރާނެކަމަށް ޙައްޖު މިޝަނުގެ ރައީސް އައްޝެއިޚް މޫސާ އަންވަރު ދިއިސްލާމްއަށް މަޢުލޫމާތު ދެއްވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.