ރާއްޖޭގެ ޚަބަރު

ދިވެހި ޙައްޖު ޖަމާޢަތްތަކުން މިނާއަށް ދަނީ

ދިވެހި ޙައްޖުވެރިންތަކެއް މިނާގެ ޓެންޓްތަކަށް ވަންނަތަން/ ޙައްޖު 1432

މައްކާއިން ޝަފީޢު ޢަބްދުﷲ

މިއަދު ހަވީރުން ފަށައިގެން ދިވެހި ޖަމާޢަތްތަކުން ދަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ގޮތުން މިނާ އަށް ދަތުރު ކުރަމުންނެވެ.

އެގޮތުން މިނާއިން އަޅުގަނޑުމެންގެ ނިއުސް ކާސްޓަރ އައްފާން ޝާފިޢީ މަޢުލޫމާތު ދެއްވާ ގޮތުން، މިހާރު މިނާއަށް ގޮސްފައިވަނީ، ސިސިލްފަރު، މަލީޝާ، އަތަމާ، އަދި ޞަފާ ޖަމާޢަތުންނެވެ.

މީގެ އިތުން، މަނާސިކް މިރޭ 9.30 ގައި މިނާއަށް ދިއުމަށް މައްކާއިން ފުރާނެއެވެ. އަދި އަލްޚައިރު އޮތީ މާދަމާ ހެނދުނު މިނާ އަށް ދަތުރު ފަށާ ގޮތަށެވެ.

ޛުލްޙިއްޖާ މަހުގެ 8 ވަނަ ދުވަހަކީ ޔައުމުއްތަރުވިޔާއެވެ. އެދުވަހުގައި މިނާގައި ތިބުމަކީ ސުންނަތެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *