އަނިޔާ އާއި ދެކޮޅަށް ބަންގާޅު މީހުންވެސް މާލޭގައި މުޒާހަރާ އަށް ނުކުތުމަށް ނިންމައިފިއެވެ.
މި މުޒާހަރާ އޮންނާނީ މިއަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު ކަމަށާއި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނުގެ ކުރިމަތިން ކަމަށް ރާއްޖޭގައި ދިރިއުޅޭ ބައެއް ބަންގާޅު މީހުން އަންނަނީ ބުނަމުންނެވެ.
އަދި މިކަމަށް ތައްޔާރު ވުމަށް ގޮވާލާ މެސެޖު ތަކެއްވެސް ބަންގާޅު ބަހުން ގެންދަނީ މޮބައިލް ފޯނު ތަކަށްވެސް ފޮނުވަމުންނެވެ.
ރާއްޖޭގައި ދިރިއުޅޭ ބަންގާޅު މީހުން މުޒާހަރާ އަށް ނުކުތުމަށް ނިންމާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބަންގާޅު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި ވަނިކޮށެވެ.
އަދި ޖެހިގެން އައި ހޯމަ ދުވަހުގެރޭ ވެސް ބޮޑެތި އަނިޔާ ތަކަކާއި އެކު ބަންގާޅު މީހަކު މަރުވެފައި އޮއްވާ އއ.ތޮއްޑޫއިން ފެނިފައި ވަނިކޮށެވެ.
މީގެއިތުރުން ރޭ ވެސް މާލޭގައި ވަނީ އިންޑިޔާ މީހަކާއި ބަންގާޅު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...