ދީން ދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު - 1

ދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު - 1

ދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު - 1

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އިންސާނާއަށް މާތްﷲ ދެއްވާފައިވާ ނިޢުމަތްތައް ވަރަށް ގިނަގުނައެވެ. މިނިޢުމަތްތަކުގެ ތެރެއިން އެންމެބޮޑު އެއްނިޢުމަތަކީ ދަރިންނެވެ. މިނިޢުމަތް ދެއްވިހިނދު އެކުދިންނަށްޓަކައި މުހިންމު ޙައްޤުތަކެއް އެކުދިންގެ މައިންބަފައިންގެ ބޮލުގައި އެޅުއްވިއެވެ. މިގޮތުން ދަރިފުޅު ދުނިޔެއަށް އުފަންވާ އެންމެ ފުރަތަމަ ވަގުތުން ފެށިގެންވެސް އެކުދިންނަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް ވަނީ ބަޔާންކޮށް ދެއްވާފައެވެ.

މިގޮތުން ކުއްޖާ އުފަންވުމުން ތަޙްނީކު ކުރުމަކީ ރަސޫލުصلى الله عليه و سلمގެ ސުންނަތުން ޘާބިތުވާކަމެކެވެ. ތަޙްނީކު ކުރުމަކީ ކަދުރު މަޑު ކުރުމަށްފަހު ކުޑަދަރިފުޅުގެ އަގައިގެ ތެރޭގައި ކާއްތާލުމެވެ. ނުވަތަ މާމުއި ކޮޅެއް އޭނާގެ އަނގައި ގައި ޖެއްސުމެވެ. މިއީ އުފަންވާ ކުދިންނަށް ކުރުން ސުންނަތް ވެގެންވާ ކަމެކެވެ. ޢައިޝަތުގެފާނު ރިވާ ކުރެއްވި ޙަދީޘްފުޅެއްގެ މާނައިގާވަނީ: “ރަސޫލުصلى الله عليه و سلمގެ އަރިހަށް ކުޑަކުދީން ގެންނެވެއެވެ.

އެކަލޭގެފާނު އެކުދީންނަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރައްވައި އެކުދީންނަށް ތަޙްނީކު ކުރައްވައެވެ. ރަސޫލާ صلى الله عليه و سلم ގެ ޒަމާނުގައި ތަޙަނީކު ކުރައްވަނީ އެކަލޭގެފާނެވެ. ނަމަވެސް މިޒަމާނުގައި އެކަންކުރުން އެންމެ ރަނގަޅީ ދަރިފުޅުގެ ބައްޕައެވެ. ތަޙްނީކު ކުރުމަށްޓަކައި ކުޑަދަރިފުޅުގެ އަނގައިގައި ކުޑަ މާމުއި ފޮދެއް ޖެއްސެވުމުން ފުދޭނެއެވެ. ނުވަތަ ކަދުރު ކުޅެއް އަތުން ޗަސް ކޮށްލެއްވުމަށްފަހު ޖެއްސުމުން ރަނގަޅުވާނެއެވެ.

ހަމައެހެންމެ ދަރިފުޅަށް ހަތް ދުވަސްވާ ދުވަހު ނަންކިޔާ ބޯ ބާލައި، އެއިސްތަށީގެ ބަރުދަނަށް ޞަދަޤާތް ކުރުމަކީ ސުންނަތެކެވެ. އަދި ޞަދަޤާތްކުރާނީ ރިއްސައް އަގުކޮށް އޭގެ ބަރުދަނަށްވާ ފައިސާއިންނެވެ. ރަސޫލު صلى الله عليه و سلم ޙަދީޘްކުރައްވަނީ: “كُلُ غُلامِ رَهِينَةِ بِعَقِيقَة تُذْبح عَنه يَوم سَابِعَةِ ويُسَمَّى فِيهِ وَيُحْلَق رَأسَه” (أبى داود) މާނައީ: ” އުފަންވާ ކޮންމެ ކުއްޖަކުވެސްވަނީ އޭނާއަށްޓަކައި ކަތިލެވޭ ޢަޤީޤާގެ ރަހީނެއްގެ ގޮތުގައެވެ. ހަތްވަނަ ދުވަހު އެކަތިލާހުއްޓެވެ. އަދި އެދުވަހު ނަންކިޔާ ބޯ ބާލާ ހުށިކަމެވެ.”

ހަމައެހެންމެ ދަރިފުޅަށް ހަތް ދުވަސްވާ ދުވަހު ނަންކިޔާ ބޯ ބާލައި، އެއިސްތަށީގެ ބަރުދަނަށް ޞަދަޤާތް ކުރުމަކީ ސުންނަތެކެވެ. އަދި ޞަދަޤާތްކުރާނީ ރިއްސައް އަގުކޮށް އޭގެ ބަރުދަނަށްވާ ފައިސާއިންނެވެ. ރަސޫލު صلى الله عليه و سلم ޙަދީޘްކުރައްވަނީ: “كُلُ غُلامِ رَهِينَةِ بِعَقِيقَة تُذْبح عَنه يَوم سَابِعَةِ ويُسَمَّى فِيهِ وَيُحْلَق رَأسَه” (أبى داود) މާނައީ: ” އުފަންވާ ކޮންމެ ކުއްޖަކުވެސްވަނީ އޭނާއަށްޓަކައި ކަތިލެވޭ ޢަޤީޤާގެ ރަހީނެއްގެ ގޮތުގައެވެ. ހަތްވަނަ ދުވަހު އެކަތިލާހުއްޓެވެ. އަދި އެދުވަހު ނަންކިޔާ ބޯ ބާލާ ހުށިކަމެވެ.”

ހަމައެހެންމެ ދަރިފުޅު ދުނިޔެއަށް އުފަންވުމުން ޢަޤީޤާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އަޤީޤާއަކީ ދަރިފުޅު ދުނިޔެއަށް އުފަންވާތާ ހަތްވަނައަށްވާ ދުވަހު ކަތިލާ ބަކަރިއަށް ކިޔޭ ނަމެކެވެ. ޢަޤީޤާ ކަތިލުމުގެ ޙިކްމަތަކީ ދަރިފުޅު ދުނިޔެއަށް އުފަންވާ އެންމެ ފުރަތަމަ ހިނދުކޮޅުންފެށިގެން ﷲއަށް ކުށްތަންވެ އެކަލާނގެ ރުއްސެވުން ހޯދުމެވެ. އަދި އެކަތިލެވޭ އަޤީޤާގެ ސަބަބުން ޤިޔާމަތްދުވަހުން ދަރިން މައިންބަފައިންނަށްޓަކައި ޝަފާޢަތްތެރިވުމެވެ. މީގެ އިތުރުން އެމީހަކަށް ﷲ ދެއްވި ނިޢުމަތުގައި ގާތްތިމާގެ މީހުންނާއި އަވަށްޓެރިން އަދި ފަޤީރުން ބައިވެރިކޮށް އެންމެންގެ ގުޅުން ބަދަހިވެގެން ދިއުމަށް އެޅިގެންދާ މަގަކަށް ވެއެވެ.

އަޤީޤާ ކަތިލުންވަނީ ބަކަރިންނެވެ. އެނޫން އެއްޗަކުން އަޤީޤާ ކަތިލުމަކުން ސުންނަތް ޙާޞިލެއްނުވާނެވެ. ނަމަވެސް ކުކުޅުފަދަ ތަކެތި ކަތިލުމުން ޞަދަޤާތަކަށް ލިބޭ ޘަވާބު ލިބޭނެއެވެ. ހަމައެހެންމެ ދެދަރިންނަށް އެއް އަޤީޤާ ކަތިނުލެވޭނެއެވެ. ކަތިލެވޭނީ ކޮންމެ ނަފްސަކަށް އަޤީޤާއެކެވެ. ސުންނަތްގޮތަކީ، އަންހެންކުއްޖަކަށް އެއްބަކަރި އަދި ފިރިހެންކުއްޖަކަށް ދެބަކަރިއެވެ. ނަމަވެސް ތަނަވަސްކަން ލިބިގެންނުވާ މީހާ އެއްބަކަރިކަތިލުމުން ފުދޭނެއެވެ.

ރަސޫލާ صلى الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ. “عَنِ الْغُلاَمِ شَاتَانِ مُكاَفِئَتاَنِ وَعَنِ الْجَارِيَةِ شَاةٍ” ( ابن ماجه) މާނައަކީ :”ފިރިހެން ކުއްޖެއްގެ އަޤީޤާގެ ގޮތުގައި ރަނގަޅު ދެބަކަރިކަތިލުމެވެ. އަދި އަންހެން ކުއްޖެއްގެ އަޤީޤާއަކީ އެއްބަކަރިކަތިލުމެވެ.” އަދި ކަތިލެވޭ އަޤީޤާގެ މަސް ކައްކައިގެން ވިޔަސް އަދި ނުކައްކާ ވިޔަސް ޞަދަޤާތުގެ ގޮތުގައި އަވައްޓެރިންނާއި، ޢާއިލާމީހުންނާއި، ފަޤީރުންނަށް ބެހުން ސުންނަތްވެގެންވެއެވެ. އިބްނު ހަޒްމު ވިދާޅުވެފައިވަނީ “އަޤީޤާ ކަތިލެވޭ ހިނދު އޭގެ މަސްކާށެވެ، އަދި ބަކަރީގެމަސް ހަދިޔާކޮށް ޞަދަޤާތްކުރާށެވެ.” އަޤީޤާ ކަތިލުމަށްފަހު ދެވަނަފަހަރަށް ދަރިފުޅުގެ ނަން ބަދަލުކުރުމަކުން އަޤީޤާކަތިލާކަން ނުޖެހޭނެއެވެ.

ނުނިމޭ . . .

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.