ބޭނުންވާނޭ ތަކެތި:
½ ކިލޯ ރޯމަސް (ކިއުބުކޮށް ކޮށާފަ)
½ މޭޒުމަތީ ސަމްސަލުގެ އަޖިނަމޮޓޯ
1 ބިސް (ގިރާފަ)
2 މޭޒުމަތީ ސަމްސަލުގެ ޒުވާރި ފުށް
2 މޭޒުމަތީ ސަމްސަލުގެ ލުނބޯ ހުތް
2 މޭޒުމަތީ ސަމްސަލުގެ އިނގުރު އަދި ލޮނުމެދު (ޗިސްކޮށްފަ)
2 މޭޒުމަތީ ސަމްސަލުގެ ޓޮމާޓޯ ޕިއުރީ
3 ތޮޅިމިރުސް (ކޮށާފަ)
4 މޭޒުމަތީ ސަމްސަލުގެ ސޯޔާސޯސް
4 ލޮނުމެދު ކޮޅު (ކުދިކޮށް ކޮށާފަ)
4 މޭޒުމަތީ ސަމްސަލުގެ ގޮދަންފުށް ކޮޅެއް
ކުޑަ އަސޭމިރުސްކޮޅެއް (މުގުރާފަ)
ރަހަލާވަރަށް ލޮނުކޮޅެއް
ކައްކާތެޔޮ (އެންމެ ރަނގަޅީ އޮލިވް އޮއިލްސް)
ކޮތަނބިރި ފަތްކޮޅެއް
1 ޖޯޑު ފެން
ތައްޔާރުކުރާނެ ގޮތް:
. ކޮށާފަހުރި މަސްކޮޅު ތެރެއަށް ލޮނު، އަސޭމިރުސް އަދި ލުނބޯހުތްކޮޅު އެއްކޮށުލުމަށްފަހު 10 ނުވަތަ 12 ވަރަކަށް މިނެޓް ވަންދެން ބަހައްޓަވާ.
. ދެން ވަކިން އެހެން ތައްޓެއް (ބޯތައްޓެއް) ގައި ޒުވާރިފުށްކޮޅާއި، ގޮދަންފުށް ކޮޅާއި، ގިރާފަައި ހުރި ބިހާ އެކު ލޮނުކޮޅެއް އެޅުއްވުމަށްފަހު ޗިސްކޮށްފަ ހުރި ލޮނުމެދު އަދި އިނގުރުކޮޅާ އެއްކޮށް ރަނގަޅަށް ގިރާލައްވާ. މިގޮތަށް ގިރަމުން ދާއިރު އޮލަވާވަރަށް ފެން ފޮދެއް އަޅުއްވަންވާނެއެވެ.
. އުނދުން މައްޗަށް ތަވާ އުދުމަށްފަހު އޭގެތެރެއަށް ތެޔޮފޮދު އަޅުއްވާށެވެ. އެއަށްފަހު މަސްކިއުބުތައް ގިރާފައިވާ ފުށުގެތެރެއަށް ލުމަށްފަހު ރީތިކޮށް ފުށްތައް މަސްކޮޅުވަށައިގެން ތަތްލެވުމުން މަޑުގިނީގައި މަސްކޮޅުތައް ހޫނުކޮށްފައިވާ ތަވާގެ ތެރެއަށް ލުމަށްފަހު ލެލުލާށެވެ. މަޑު ލަކުޑިކުލައެއް އެރުމުން މަސްކޮޅުތައް ނަންގަވާ ވަކިން ބަހައްޓަވާށެވެ.
. ވަކި ތަވައެއްގައި ކުޑަ ތެޔޮފޮދެއް އެޅުއްވުމަށްފަހު ތެޔޮކޮޅު ހޫނުވުމުން ކުދިކޮށް ކޮށާފަ ހުރި ލޮނުމެދު ކޮޅާއި، ކޮށާފަ ހުރި ތޮޅިމިރުސް ކޮޅު އަޅުވާ ފިޔާމީރުކުރާގޮތަށް މަޑު ގިނީގާ މީރުކުރަށްވާށެވެ. ދެން ޓޮމާޓޯ ޕިއުރީ އާއި ސޯޔާސޯސް އެޅުއްވުމަށްފަހު ކުރިން ތެލުލާފަ ހުރި މަސްކޮޅުތައް އަޅުއްވާ ރަނގަޅަށް އެއްކޮށްލާވާށެވެ. އެއަށްފަހު ފެން ޖޯޑެއްގެ ފެން އެޅުއްވުމަށްފަހު އަޖިނަމޮޓޯކޮޅު އަޅުއްވާ ރަނގަޅަށް އެއްކޮލައްވާ މަޑު ގިނީގައި ކުޑައިރުކޮޅަކު ކައްކާލާށެވެ.
. ކައްކާ ނިމުމުނު ކޮތަނބިރި ފަތްކޮޅު ކުދިކޮށް ކޮށާލުމަށްފަހު މައްޗަށް އަޅުއްވާ ގާނިޝްކޮށްލާށެވެ.
މިއީ ބަތާއެއްކޮށް ކާން ވަރަށް މީރު ކެއުމެކެވެ.
މި ކެއުން ތައްޔާރުކުރުމަށް ގާތްގަނޑަކަށް ހޭދަވާނީ އެއް ގަޑިއިރު
ކޮމެންޓް (0)
ލޯޑް ކުރަމުން...