އޭޝިއާދުނިޔެ

އިންޑޮނޭޝިއާގައި ހިނގި ބިންގަނޑު ކަނޑައިން ދިއުމުގެ ހާދިސާގައި 32 މީހުން މަރުވެފައިވޭ

އިންޑޮނޭޝިއާގެ ޖާވާގެ މެދުތެރޭގެ ސަރަހައްދުތަކަށް ބޯކޮށްވާރޭވެހި، ހިނގި ބިންގަނޑު ކަނޑައިން ދިއުމުގެ ހާދިސާގައި 32 މީހުން މަރުވެފައިވާ ކަމަށާއި 76 މީހަކު އަދިވެސް ނުފެންނަކަމަށް މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފިއެވެ.

ހުކުރުދުވަހު ހިނގި މިހާދިސާގައި 100 އަށްވުރެ ގިނަ ގެވަނީ، ބިންގަނޑު ކަނޑައިން ދިއުމުގެ ސަބަބުން ފޭބި ކިސަޑުގެ ދަށުގައެވެ. މީހުން ސަލާމަތްކުރުމުގައި 2000 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވަމުންދާކަމަށް މީޑިއާއިން ހާމަކުރެއެވެ.

މީޑިއާއަށް މައުލޫމާތުދެމުން އިންޑޮނޭޝިއާގެ ޑިސާސްޓަރ އޭޖެންސީގެ ސްޕޯރކްސް ޕާރސަން ވިދާޅުވީ އާދިއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތާއި ހަމައަށް ކުރެވުނު މަސައްކަތުން މަރުވެފައިވާ 32 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި ގެއްލިފައިވާ 76 މީހުންވެސް ދިރިހުއްޓާ ފެންނާނެ ކަމުގެ ޔަޤީންކަން ކުޑަކަމަށެވެ.

އެސަރަހައްދުގެ 20 އަހަރުގެ ދަނޑުވެރިއެއް ކިޔައިދިން ގޮތުގައި، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ މީހުން އޭނާ ސަލާމަތް ކޮށްފައިވަނީ 7 ގަޑިއިރުވަންދެން ކިސަޑުތަކުގެ ތެރޭ އޭނާ ތާށިވެފައި ހުއްޓާކަމަށާއި އޭރު އޭނާގެ މެޔާއި ހިސާބަށް ކިސަޑުތެރޭ ވަނީ ވަޅުލެވިފައި ކަމަށެވެ. އަދި ބިންގަނޑު ކަނޑައިގެން ކިސަޑު ފައިބައިގަތް ގަޑީގައި އޭނާގެ ކާފައާއި އޭނާގެ އަވަށްޓެރިން އޭނާގެ ކުރިމަތީ، ކިސަޑުގެތެރޭ ވަޅުލެވިގެން ދިޔަތަން ފެނުނު ކަމަށާއި އެމީހުން އެވަގުތުވެސް 'ﷲ އަކުބަރު، ﷲ އަކުބަރު' ކިޔަމުންދިޔަ ކަމަށެވެ. އަދި ކިސަޑުގެތެރޭ ތާށިވެފައި ހުރުމުގެ ސަބަބުން އެމީހުންނަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދެވުނުކަމަށް 20 އަހަރުގެ ދަނޑުވެރިޔާ ކިޔައިދިނެވެ.

ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާ ކުރިމަތިވި ޖާވާގެ އަވަށަކީ ޖަކާޓާގެ އުތުރުން 460 ކިލޯމީޓަރ ދުރުގަޢީ އޮންނަ އަވަށެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ