ރިސޯޓްތައް މަރާމާތު ކުރުމަށް ގެންނަ ތަކެތިން ޑިއުޓީ މަޢާފް ކުރަން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުން މިގޮތަށް ނިންމާފައި ވަނީ ނުހެދި ހުރި ރިސޯޓްތަކާއި އަލަށް ހަދާ ރިސޯޓްތަކާއި މިހާރު ހުޅުވާފައިވާ ރިސޯޓްތައް މަރާމާތު ކުރުމުގެ ފުރުޞަތު ދިނުމާއި އެކު އިތުރު ރިސޯޓުތައް ބާޒާރަށް ނެރުމަށް ކަމަށް ޓުއަރިޒަމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ރިސޯޓްތައް މަރާމާތު ކުރުމަށްޓަކައި ގެންނަ ތަކެތީގެ ތެރެއިން އިމްޕޯޓް ޑިއުޓީ ނުނެގުމަށް ނިންމާފައި ވަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ މުއްދަތަށް އެކަނި ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...