ކެއްކުމަކީ ހުނަރެކެވެ. ގިނައިން ދަސްކުރިވަރަކަށް މޮޅަށް ކެއްކޭނެއެވެ. އެހެނީ، އެކަންކަމުގެ މަޢުލޫމާތު އިތުރަށް އެނގިގެންދެއެވެ. ދިމާވާ މައްސަލަތައް ހައްލުކުރަން ފަސޭހަވެއެވެ.
ރިނދަލި ކެއްކުމުގެ ކުރިން ފެނުގެ ތެރެއަށް އަޅާލައި އަދި ދެތިން މޭޒުމަތީ ސަމުސަލުގެ ފުށްކޮޅެއް އެއްކޮށްލުން
މިގޮތައް ހެދުމުން، އެފުށްތައް ކެއުމަށް/ހަޖަމްކުރުމަށްޓަކައި އެ އެއްޗެހިތައް ހުޅުވޭނެއެވެ. އަދި ރިނދަލީގެ ތެރޭގައި ވެލި ހުރި ނަމަ، އެ ވެއްޔެއް ނުކުންނާނެއެވެ. މިގޮތަށް 30 މިނެޓް ވަންދެން ބެހެއްޓުމުން އެންމެ ރަނގަޅު ނަތީޖާ ފެނިގެން ދާނެއެވެ.
ލުނބޯ މައިކްރޯވޭވް ކުރުމުން، އެއިގެން ނުކުންނަ ހުތުގެ މިންވަރު ގިނަވުން
20 ނުވަތަ 30 ސިކުންތު ވަންދެން ލުނބޯ ހޫނުކޮށްލާށެވެ. ދެފަޅިއަށް ފަޅާލުމުގެ ކުރިން ގުޅަވަށާހެން ވަށާލާށެވެ. މިހެން ހެދުމުން ލުނބޯ މަޑުވެ ހުތްފެލަން ފަސޭހަވެއެވެ.
ގަނޑުފެން ބޭނުންކޮށްގެން ގިނަވެފައި ހުންނަ ތެޔޮ/ފެޓްބައި ނެގޭނެ
ގަރުދިޔަ އަދި ސޫޕްގެ ތެރެއަށް އައިސް ކިއުބް ކޮޅެއް އަޅާލައި ފިނިކޮށްލާށެވެ. ކަހާލެވޭގޮތަށް ހުންނަ ފެޓްބައި މައްޗަށް އަރާނެއެވެ. ދެން ސަމުސަލަކުން އެ އެއްޗެހި ނަގާށެވެ. ގަނޑުފެން އެޅުމުގެ ބަދަލުގައި ފުރިޖަށްލައި ފިނިކޮށްލެވިދާނެއެވެ.
ފަތުގެ ބާވަތްތައް ކޮށުމުގެ ކުރިން ކަޓިން ބޯޑަށް ކުޑަ ލޮނުކޮޅެއް ބުރުވާލުން
ލޮނުގެ ބަރުދަނާއި އަދި އެކަތި އަނެކަތި ހިފެހެއްޓުމުގެ ބާރު(ފުރިކްށަން)ގެ ސަބަބުން ވަޅީގައި ފަތްތައް ހަރުލާގޮތްވެ މުޅި ބޯޑަށް ފެތުރޭގޮތް ވެއެވެ. ނަމަވެސް މިއީ ހުރިހާ ބާވަތެއްގެ ފަތަކަށް ކަމުދާގޮތެއް ނޫނެވެ. އެއީ، ބައެއް ފަތްތައް ޗަސްވެ ކުދިކުދި ވާތީއެވެ.
ތެތްކޮށް ހުންނަ ކަނޑުމަހާއި އެއްގަމުމަސް ކުޑަކޮށް ހިއްކާލުމަށްފަހު ތަވައި ހޫނުކުރުން
ޕޭޕާރ ޓަވެލް (ކަރުދާސް ތުވާލި) ބޭނުންކޮށްގެން ތެތްކޮށް ހުންނަ މަސް ހިއްކާލާފައި ހޫނުކޮށް ހުންނަ ތަވަޔަށްލުމުން މަސްގަނޑު ހަލާކުވުމާއި އަނދައިގެން ދިޔުމުން ދުރުވެއެވެ.
އެއްކޮށް އޮންނަ ލެޓިއުސްއެއްގެ މެދުގައި އިންނަ މައިގަނޑު ވަކިކޮށްލުން
ލެޓިއުސްގެ ހަރުބައި ދިމާވާގޮތަށް މޭޒުމަތީގައި ބާރަށް ޖަހާށެވެ. ދެން އަނެއްފުށަށް ޖެހުމަށްފަހު މައިގަނޑު(ހަރުބައި) ވަކިކޮށްލާށެވެ. މިހެން ހެދުމުން ފަތްތަށް ވަކިކުރަން ފަސޭހަވާނެއެވެ.
ލޮނުމެދު ހޫނުކުރުމުން (މައިކްރޯވޭވް)، އޭގެ ތޮށި ނޮޅަން ފަސޭހަވޭ
10 ސިކުންތު ވަންދެން ލޮނުމެދު މައިކްރޯވޭވް ކޮށްލާށެވެ. އެއަށްފަހު އަތުން ތޮށިގަނޑު ނައްޓާލާށެވެ. ވަރަށް ފަސޭހައިން ނެއްޓިގެން ދާކަން އެނގޭނެއެވެ. މީގެ އިތުރުން ބަންދު ވެފައިވާ އެއްޗެއްގެ ތެރެއަށް ލޮނުމެދުތައް އަޅާލައި ގަދަޔަށް ތަޅުވާލުމުންވެސް ތޮށިގަނޑު ނެއްޓޭގޮތް ވެއެވެ.
ފިނިފެނުން ހަނޑޫ ދޮވުމުން، ބަތް ޗަސްވުމުން ދުރުވޭ
ފުރޭންޏަކަށް ހަނޑޫތައް އަޅާލައި ސާފުވަންދެން ފިނިފެނުން ދޮވެލާށެވެ. މިގޮތަށް ހެދުމުން ބަތް ޗަސްވުމާއި ތަތްވުމުން ދުރުވެއެވެ. އަދި ރަނގަޅަށް ކެއްކުމަށް މަގުފަހިވެއެވެ.
ކައްކާފައި ބާކީހުންނަ ބަތްކޮޅު ފުރިޖަށްލައި ބޭނުންކުރަން ޖެހުމުން އަލުން ހޫނުކޮށްލުން
ހުސްނުވެހުންނަ ބަތްކޮޅު ތަށްޓަކަށް ލާފައި ފުރިޖް ކުރާށެވެ. ކާން ބޭނުންވުމުން، އޭގެ ތެރެއަށް މޭޒުމަތީ ސަމުސަލެއްގެ ފެން ބުރުވާލައި ތެތް ކަރުދާސް ޕޭޕަރަކުން މަތި ފޮރުވާލާށެވެ. ދެން އަލުން ހޫނުކުރާށެވެ.
ތެލީގައި ކައްކާއިރު ހުރަހަށް ވާގޮތަށް ލަކުނޑި ސަމުސަލެއް ކަހަލަ އެއްޗެއް ބޭއްވުން
މިސާލަކަށް ބަތްތެލި މަތި ނުޖަހާ ކައްކާއިރު ލަކުނޑި ސަމުސަލެއް ބޭއްވުމުން ފެންގަނޑު ކެކިގަނެގެން ބޭރަށް ފޭބުމުން ދުރުވެއެވެ. މިހެން މިވަނީ ހިކިކޮށް އޮންނަ ލަކުނޑި ސަމުސަލުގައި ބޮކިތައް ޖެހި ތެލީގެ ތެރެއަށް އަނބުރާ ފޮނުވާލާތީއެވެ.
އިނގިލިތައް ތެތްމާލުމަށްފަހު ބިހުގެ ތޮށިގަނޑު ވަކިކުރުން
ބިސްތޮށީގެ އެތިކޮޅުކޮޅު ބިސްގަނޑުގެ ތެރެއަށް އެޅުމަކީ އުނދަގޫވާނެ ކަމެކެވެ. ކުޑަ ފެންފޮދެއް އަތުގައި އުނގުޅާލުމަށްފަހު ބިސްގަނޑުން ބިސްތޮށި ވަކިކުރަން އުނދަގޫކަމަކަށް ނުވާނެއެވެ.
ގަނޑުކޮށްފައި/ފިނިކޮށްފައި ހުންނަ މަސް ހޫނު ނުކުރުން
ފިނިކޮށްފައި ހުންނަ މަހުން ފިނިކަން ކެނޑުވުމަށް ފުރިޖުންނަގައި ބޭއްވުމުގެ ބަދަލުގައި ނުވަތަ ހޫނުކުރުމުގެ ބަދަލުގައި ކެއްކުމުން މީރުކަން އިތުރުވެ ރަނގަޅަށް ކެއްކޭނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...