ރާއްޖޭގެ ޚަބަރު

ރާއްޖޭގެ އާސާރީ މިސްކިތްތައް އިންޑިޔާ އާއި ގުޅިގެން މަރާމާތު ކުރަނީ

އިންޑިޔާގެ އޭއެސްއައިގެ ވަފުދާއި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލުން ބައްދަލު ކުރައްވަނީ

ރާއްޖޭގެ އާސާރީ މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް އިންޑިއާ އާއި ގުޅިގެން ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ވިދާޅުވީ، ރާއްޖޭގެ އާސާރީ މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް އިންޑިއާ އާއި ގުޅިގެން ކުރުމަށް ނިންމާފައި ވުމާއި އެކު މިކަމާއި ގުޅޭ މަޝްވަރާތައް ބޭއްވުމަށް އިންޑިޔާގެ އާސާރީ ތަރިކަތައް ޙިމާޔަތް ކޮށް ރައްކާތެރި ކުރުމާއި ބެހޭ އިދާރާ، އާކިޔޮލޮޖިކަލް ސާވޭ އޮފް އިންޑިޔާގެ ވަފުދެއް މިހާރު ރާއްޖެ ވަޑައިގެން އެކަމުގެ މަޝްވަރާތައް ކުރިޔަށްދާ ކަމަށެވެ.

ގޮތުން ރާއްޖޭގެ ފަސް ރަށެއްގައި ހުރި އާސާރީ މިސްކިތް ތައް މަރާމާތު ކުރުމާއި ގުޅޭގޮތުން ސަރުކާރުން އިންޑިޔާގެ މި ވަފުދާއި އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށްވެސް އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ މަރާމާތު ކުރުމަށް ހަމަޖެހިފައިވާ އާސާރީ މިސްކިތް ތަކުގެ މަޢުލޫމާތު މިއަދުގެ ފަހުގެ ވަގުތެއްގައި ޢާއްމު ކުރައްވާނެ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *