ރާއްޖޭގެ ޚަބަރު

އަނިޔާވެރި ދައުލަތެއްގެ ސިލަބަސް ދިވެހި މަދަރުސާތަކަށް ގެނައުމަށް ކުރީސަރުކާރުން މަސައްކަތްކުރި: ރައީސް

ސްކޫލް ކަލަރސް އެވޯޑް 2013 ދިނުމަށް 10 އޯގަސްޓް 2014 ވަނަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވުނު ރައްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

އަނިޔާވެރި ދައުލަތެއްގެ ސިލަބަސް ދިވެހި މަދަރުސާތަކަށް ގެނައުމަށް ކުރީސަރުކާރުން މަސައްކަތްކުރި ކަމަށާއި، އެކަމަކީ އޮޅުވާލެވެންނެތް ފާޅުކަންބޮޑު ޙަޤީޤަތެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ސްކޫލްތަކުގެ މެދުގައި ބޭއްވޭ ކުޅިވަރުގެ އެކިއެކި މުބާރާތްތަކުން ރަންވަނަ ހާޞިލްކުރާ ކުދިންގެ އަގުވަޒަންކުރުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތަޢާރަފްކުރެއްވި "ސްކޫލް ކަލަރސް އެވޯޑް" ދިނުމަށް އިއްޔެރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ދިވެހިރާއްޖެއަކީ އަމާންތަނެއް ކަމަށާއި މިގޮތުގައި މިރާއްޖެ ބޭއްވުމަށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ފަލަސްޠީނުގެ މިއަދުގެ ޙާލަތަށް ޢިޝާރާތް ކުރައްވައި، މިއަދު އެތައް ކިޔަވާކުދިންނެއް ވަންނާނެ މަދްރަސާއެއް، ތަޢުލީމު ޙާޞިލު ކުރެވޭނެ ގޮތެއް ނެތިފައި އެބަތިބި ކަމަށާއި، އެކުދިންގެ މަތީން ހަނދާންކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި މިކަމަކީ މިއީ އަނިޔާވެރި ސަރުކާރަކުން އެއްވެސް ކުށެއްނެތް ރައްޔިތުންނަކާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކެއް ކަމަށް ވިދާޅުވެ، އިޒްރޭލުން ފަލަޞްޠީނުގެ ޢާއްމު ރައްޔިތުންނާއި ޚާއްޞަކޮށް ކުޑަކުދިންނާ މެދު ޢަމަލުކުރަމުންދާ އިހާނެތި ޢަމަލުތައް ކުށްވެރިކުރެއްވުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތަކުރާރު ކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީގެ ސަރުކާރަކުން އެގްރީމެންޓްތަކެއްގެ ސިފައިގާ އަނިޔާވެރި ދައުލަތެއްގެ ސިލަބަސް ދިވެހި މަދްރަސާތަކަށް ގެނައުމަށް މަސައްކަތް ކޮށްފައި ވާކަމަށާއި، އެއީ އޮޅުވާލެވެންނެތް ފާޅުކަންބޮޑު ޙަޤީޤަތެއްކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *