ރާއްޖޭގެ ޚަބަރު

ޕާކިސްތާނުގެ ހަނގުރާމަމަތީ މަނަވަރު ތަކުގެ ވެރިންނާ ދިފާޢީ ވަޒީރު ބައްދަލު ކުރައްވައިފި

ރަޙުމަތްތެރިކަމުގެ ދަތުރެއްގައި ރާއްޖެ އައިސް އުޅޭ ޕާކިސްތާނުގެ ދެމަނަވަރު ކަމަށްވާ ޕާކިސްތާން ނޭވީ ޝިޕް ނަސްރާއި ޕާކިސްތާން ނޭވީ ޝިޕް ސައިފްގެ އިސް ބޭފުޅުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ބަންޑާރަކޮށީގައި ވަކިވަކިން ބޭއްވި މިބައްދަލުކުރެއްވުންތަކުގައި، ދެޤައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. މިބައްދަލު ކުރެއްވުމުގައި މިދެމަަނަވަރުގެ މިޝަން ކޮމާންޑަރ ކޮމޮޑޯ ޒާހިދް އިލްޔާސް ގެ އިތުރުން ކެޕްޓަން ޖަވާދު އަޙްމަދާއި ކެޕްޓަން ރިޒުވާން ޢަލީ މުނައްވަރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މީގެ އިތުރުން މިދެމަނަވަރުގެ އިސްބޭފުޅުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު މުޙައްމަދާއި އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމްއާއި ވަނީ ބައްދަލު ކުރައްވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *