ރާއްޖޭގެ ޚަބަރު

ޤުރުއާނާއި ބެހޭ މަރުކަޒާއި ޙައްޖު ކޯޕަރޭޝަނާއި އޭސީސީން ވެސް ޣައްޒާ އާއި އެކު

ދިވެހި މީޑިޔާގެ ފަރާތްތަކުން އިސްނަގައިގެން މިއަދު ފަށާ “ހެލްޕް ގާޒާ ތެލެތޯން” ގައި ޤުރުއާނާއި ބެހޭ މަރުކަޒާއި ޙައްޖު ކޯޕަރޭޝަނާއި އެންޓި- ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންނާ މުވައްޒަފުން ވެސް ބައިވެރި ވުމަށް ނިންމަވައިފިއެވެ.

މިކަމާއި ގުޅޭގޮތުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އިސްލާމިކް މިނިސްޓަރުގެ ނައިބު އަލީ ވަހީދު ވިދާޅުވީ އެ އިދާރާގައި މަސައްކަތް ކުރައްވާ 40 މުއައްޒިފުންގެ ދެ ދުވަހުގެ މުސާރަ ގައްޒާ ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ހައްޖު ކޯޕަރޭޝަނުން ބުނީ އެކޯޕަރޭޝަންގެ މުއައްޒަފުން ވެސް އެކަށީގެންވާ ވަރަކަށް ގާޒާ ފަންޑަށް އެހީވުމަށް ނިންމާފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން އޭސީސީން ބުނީ ޣައްޒާގައި އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން ގެއްލުން ލިބިފައިވާ އަދި ގެއްލުން ލިބެމުންދާ ފަލަސްތީނުގެ މުސްލިމް އަޚުންނާ އުޚްތުންނަށް އެހީވުމުގެ ގޮތުން އޭސީސީގެ މެމްބަރުންނާ މުވައްޒަފުންވެސް އަމާޒު ކޮށްފައިވަނީ އެއްދުވަހުގެ މުސާރަ “ހެލްޕް ގާޒާ ތެލެތޯން” އަށް އެހީވުމަށްޓަކައި ފަންޑަށް ހަދިޔާކުރުމަށް ކަމަށެވެ.

އެހެން ނަމަވެސް އެމުވައްޒަފެއްގެ ކެރިފޯރުން ތެރިކަން ހުރި މިންވަރަކުން ފަނޑަށް އެހީވުމުގެ ފުރުޞަތު އޭސީސީގެ މުވައްޒަފުންނަށް އިމެއް ނެތްގޮތުގައި ހުޅުވާލެވިފައި ވާކަމަށް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައި ވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *