ވާހަކަ ވާހަކަ: ﷲގެ ކުޅަދުންވަންތަކަމާއި ދުޢާކުރުމުގެ މުހިއްމުކަން

ވާހަކަ: ﷲގެ ކުޅަދުންވަންތަކަމާއި ދުޢާކުރުމުގެ މުހިއްމުކަން

ވާހަކަ: ﷲގެ ކުޅަދުންވަންތަކަމާއި ދުޢާކުރުމުގެ މުހިއްމުކަން

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ޕާކިސްތާނުގެ ސިޓީއެއްގައި ވަރަށް މަޝްހޫރު މޮޅު ޑޮކްޓަރެއް އުޅެއެވެ. އެ ގައުމުގެ އެކި ހަސްފަތާލު ތަކަށް ދަތުރުކޮށް ބަލީމީހުން ބެލުމުގައި އަވަދިނެތި އުޅެއެވެ. މިހެން ވުމުން އެޕޮއިންޓްމެންޓެއް ހައްދައި އޭނައާއި ބައްދަލުކުރުމަށް މަސްދުވަސް ނަގައެވެ.

އެއްފަހަރެއްގައި އެގައުމުގެ ދުރުހިސާބަކަށް ދިއުމަށްޓަކައި ކުޑަ މަތިންދާ ބޯއްޓެއްގައި އޭނަ އާއި އޭނަގެ އެކުވެރިޔާ އާއި ދެމީހުން ދަތުރު ފެށިއެވެ. ނަމަވެސް ދަތުރުގެ ވަކި ހިސާބަކުން ކުއްލިއަކަށް،ވައިގަދަވެ ގުގުރަން ފެށިއެވެ. ވަރަށް ބޯކޮށް ވިއްސާރަ ވެހެން ފަށައިފިއެވެ. ގަދަފަދަ އަޑެއް އިވުމަށްފަހު، އިރުކޮޅަކުން، ޕައިލެޓް އެންގީ ވީހާވެސް އަވަހަކަށް ބޯއްޓު ޖައްސަން ޖެހޭނެކަމަށެވެ. އެއީ އެއް އިންޖީނު ފެއިލްވުމުންނެވެ. ނަމަވެސް ރަންވޭ އެއް ނެތުމުން ބޯއްޓު ޖައްސަންޖެހުނީ މަގެއްގެ މައްޗަށެވެ. އެހިސާބަކީ މީހުން ނޫޅޭ ވަރަށް ދުރު ހިސާބެކެވެ. އެކަލާންގެ އިރާދަފުޅުން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

ކެޕްޓަން އުޅުނީ އިންޖީނު ހެދޭތޯ އެވެ. އެހެނަސް އެހިސާބުން އެކަންކުރާނެ މީހަކު ނުލިބުނެވެ. އެވަގުތު، ކެޕްޓަން ކައިރި ޑޮކްޓަރު އަހާލިއެވެ. "އަހަރެން ވަރަށް އަވަހަށް ދާންޖެހޭ. މި ކަމަށް ކިހާ ވަގުތެއް ނަގާނެ؟" ކެޕްޓަން ޖަވާބު ދިނެވެ. "މިކަމަށް ވަރަށް ގިނަވަގުތު ނަގާނެ. އެއްގަމު މަގުން ދާންވީނު؟ މިއަށްވުރެއް އަވަސްވާނެ." ޑޮކްޓަރ ބުންޏެވެ. "އާނ. ތީ މޮޅު ހިޔާލެއް." ދެން ޑޮކްޓްރާއި އޭނަގެ އެކުވެރިޔާ، ޓެކްސީއެއް ހޯދުމަށް ދިޔައެވެ.

ފަނަރަ ވަރަކަށް މިނެޓް ފަހުން ޓެކްސީއެއްގައި އެމީހުންގެ ދަތުރު ފެށިއެވެ. ނަމަވެސް ދަތުރުގެ ވަކި ހިސާބަކުން ކުއްލިއަކަށް،ވައިގަދަވެ ގުގުރަން ފެށިއެވެ. އިސާހިތަކުން އަނެއްކާވެސް ވަރަށް ބޯކޮށް ވިއްސާރަ ވެހެން ފަށައިފިއެވެ. ފަސްމަޑުވެ ޗަކަ ވުމުން، ކުރިއަށް ދާނެ ގޮތެއް ނުވިއެވެ. މިހެންވުމުން އެމީހުން ނިންމީ އެތާކައިރީގައި ހުރި ކުޑަ ގެއެއްގައި އަރާމުކޮށްލުމަށް މަޑުކޮށްލާށެވެ.

އެހިސާބަކީ ބީރަށްޓެހި އަދި ރަށްފުށު ހިސާބެއްކެވެ. ނަމަވެސް އެގޭގެ ދޮރުގައި ޓަކިޖަހާލުމުން ދޮރު ހުޅުވީ އުމުރުން ދުވަސްވެފައިވާ އަންހެނެކެވެ. އެމީހުންނަށް ދިމާވި ކަންތަކުގެ ވާހަކަ ކިޔައިދިނުމުން އެގޭގައި މަޑުކޮށްލުމަށް އެދައްތަ ދައުވަތު އެރުވިއެވެ. އެގޭގައި ދެތިން ގަޑިއިރު ހޭދަކުރުމަށްފަހު އެގެއިން ނުކުންނަނިކޮށް އެމީހުންނަށް ފެނުނީ ކުޑަ ކުއްޖަކު ވަރަށް ބާރަށް ރޯތަނެވެ. ދައްތަ ހުރީ އެކުއްޖާ އުރާލައިގެންނެވެ. ޑޮކްޓަރު އެކަމާމެދު ދައްތަ އާއި ސުވާލުކުރުމުން ޖަވާބުގައި ބުނީ، އަހަންނަކީ މި ކުއްޖާގެ މާމަ އެވެ. މިއީ ވަރަށް ބަލީ އަދި ޔަތީމު ކުއްޖެކެވެ.އެކި ތަންތަނަށް ގޮސް ވަރަށް ގިނަ ޑޮކްޓަރުންނަށް ވަނީ ދެއްކިފައެވެ. ގިނަ ޑޮކްޓަރުން ބުނަނީ ޕާކިސްތާނުގައި އުޅޭ ވަރަށް މަޝްހޫރު ޑޮކްޓަރަކަށް ދެއްކުމަށެވެ. ނަމަވެސް އެކަމަކީ ދެތިން މަސްދުވަސް ނަގާކަމެކެވެ. މިހެންވުމުން އެދުވަހުން ފެށިގެން ގިނަވަގުތު ހޭދަކުރަނީ އަޅުކަމުގައާއި ދުޢާކުރުމުގައެވެ.

ޑޮކްޓަރު އަހާލިއެވެ. އެއީ ކޮން ޑޮކްޓަރެއް ހެއްޔެވެ؟ ދައްތަ ޖަވާބު ދިނެވެ. އެއީ ޑޮކްޓަރ އިޝާންއެވެ. އެ ޑޮކްޓަރަކީ މިކުއްޖާގެ ބައްޔަށް ހާއްސަ އަދި ވަރަށް މޮޅު ޑޮކްޓަރެކެވެ. ޑޮކްޓަރަށް އެއަޑު އިވުމާއެކު، ކުއްލިއަކަށް ރޮވެން ފެށުނެވެ. އަދި ލޮލުން ކަރުނަ ފޭބިއެވެ. ދައްތަ އަހާލިއެވެ. ކިހިނެއްވީ؟ ކީއްވެ ތި ރޮނީ؟ ޑޮކްޓަރު ބުންޏެވެ. ﷲ ތިބާގެ ދުއާ އިޖާބަ ކުރައްވައިފިއެވެ. ދައްތަގެ ދުއާގެ ސަބަބުން، ގުގުރުމާއި އަދި ވިއްސާރަވެހި އަހަރެމެންގެ ދަތުރު މި ވަނީ ހުއްޓިފައެވެ. އަދި ވިއްސާރަ ވެހުން ހުއްޓުނީ، ދައްތަ އާއި މި ސުވާލުތައް ކުރަން ފެށި ވަގުތުގައެވެ. މިވާހަކަ އަހާފައި ދައްތަ ވެސް ރޯންފެށިއެވެ. ލިބުނު ރަހުމަތުގެ ސަބަބުންނެވެ.سبحان الله

ވާހަކައިގެ ބައެއް އިބުރަތް

-  ﷲގެ މަހުލޫގުންނަކީ އިންސާނުންނަށް ވުރެ ބާރުގަދަކަން

-  އެކަލާންގެ ރަހުމަތަކީ ގުނާ އަދަދު ނުކުރެވޭނެ އެއްޗެއްކަން

-  އެކަލާންގެ އިރާދަކުރައްވާ ކޮންމެކަމެއް ވާނެކަން

-  ދުއާކުރުމުގެ މާތްކަމާއި ދުއާގެ ބާރުގަދަކަން

-  ﷲގެ އަމުރުތަކާއި ރޭވުންތަކަށް އިންސާނުންނަށް ބާރު ނުފޯރުވޭނެކަން

-  ކޮންމެ ކަމެއްވެސްވަނީ ރަނގަޅަށްކަން

-  އެކަލާންގެއަށް އިތުބާރުކުރުމުގެ މުހިއްމުކަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.