ސުފުރާ ބަރަބޯ ސުރުވާ

ބަރަބޯ ސުރުވާ

ބަރަބޯ ސުރުވާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާ ތަކެތި:

500 ގ ބަރަބޯ (ތޮއްޓާއެކު)
1 ލ ފެން
4 ފިޔާ
1 ގަސް ލީކްސް
2 ލޮނުމެދު
1 ހިކަނދިފަތް
ކުޑަ އަޖިނަމުޓޯ ކޮޅެއް
2 ޕެކެޓް މަމީ ނޫޑްލްސްގެ ސޫޕް (ހަވާދު ޕެކެޓް)
ލޮނު އަސޭމިރުސް
ކުޑަ ތެޔޮފޮދެއް ނުވަތަ ބަޓަރުކޮޅެއް
1 ގިތިޔޮ މިރުސް

ހައްދަވާނެ ގޮތް:

ބަރަބޯ ސުރުވާ ހެއްދެވުމަށް ތެޔޮފޮދުގައި ފިޔާ، މިރުސް، ހިކަނދިފަތް، ލޮނުމެދު، ލީކްސް ރަނގަޅަށް ރަތްވަންދެން ހަނާކޮށްލައްވާށެވެ. އެއަށްފަހު ބަރަބޮލާއި ސޫޕް ޕެކެޓް، އަޖިނަމުޓޯ އަދި ލޮނު، އަސޭމިރުސް އަޅުއަވައިގެން ރަނގަޅަށް ބަރަބޯކޮޅު މަޑުވަންދެން ކައްކަވާށެވެ. ދެން އުނދުންމަތިން ބޭލުމަށްފަހު ކުޑަކޮށް ހިހޫވަންދެން ބަހައްޓަވާށެވެ. އެއަށްފަހު ބްލެންޑަރަށް އެޅުމަށްފަހު ރަނގަޅަށް ހިމުންވަންދެން ގިރާލާށެވެ. ބެއްލެވުމުގެ ކުރިން ހޫނުކޮށްލުމަށް ފަހު ލޮނުހެޔޮވަރު ކޮށްލައްވާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.