ދިވެހިރާއްޖޭގެ ފުރަތަމަ ޔުނިވަރސިޓީއަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން ބަދަލުވުމާއެކު، "ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ" ގައި އިސްލާމީ މާއްދާތަކަށް ޚާއްޞަ ފެކަލްޓީއެއް އޮތުމުގެ މުހިންމުކަން ބޮޑުކަމާއެކު، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގައި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް ހުޅުވައިފިއެވެ. އަދި މި ފެކަލްޓީގައި މި ހިނގާ ދިރާސީ ޓާރމްގައި ހަތަރު ކޯހެއް ކިޔަވައި ދެވޭނެކަމުގައިވެސް ކޮލެޖުންވަނީ އިޢްލާނުކޮށްފައެވެ.
ކޮލެޖްގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސްގައި އަލަށް ފަށެމަށް ހަމަޖެހިފައިވާ ކޯސްތަކަކީ، ބެޗިލަރ އޮފް ޓީޗިން އިސްލާމް (އިސްލާމް މުދައްރިސްކަމުގެ ޑިގްރީ) ކޯހާއި، ޑިޕްލޮމާ އޮފް ޓީޗިން އިސްލާމް (އިސްލާމް މުދައްރިސް ކަމުގެ ޑިޕްލޮމާ) ކޯހާއި ބެޗިލަރ އޮފް އިސްލާމިކް ސްޓަޑީސް (ދިރާސާތުލް އިސްލާމިއްޔާ ޑިގްރީ) ކޯހާއި، ޑިޕްލޮމާ އޮފް އިސްލާމިކް ސްޓަޑީސް (ދިރާސާތުލް އިސްލާމިއްޔާ ޑިޕްލޮމާ) ކޯހެވެ. އަދި މިކޯސްތަކުގައި ކިޔަވައިދެއްވާނީ ރާއްޖޭގެ އެންމެ ފުންނާބުސް މިދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފު

ކޮމެންޓް (0)
ލޯޑް ކުރަމުން...