އޭޝިއާދުނިޔެ

ސްރީލަންކާގެ ހައްދުފަހަނަ އަޅާފައިވާ ބުޑިސްޓުން މުސްލިމުން ޤަތުލުކުރަނީ

ސްރީލަންކާގައި ދިރިއުޅޭ ހައްދުފަހަނަ އަޅާފައިވާ ބުޑިސްޓުން އެޤައުމުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގައި މުސްލިމުންގެ ތިން މީހަކު ޤަތުލުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯރޓްތައް ބުނެފިއެވެ.

ބުޑިސްޓުންގެ ޢަމަލުތައް ހައްދު ފަހަނައަޅާގޮސް މިސްކިތްތަކާއި މުސްލިމުންގެ ބައެއް ގެތަކާއި ފިހާރަތަކުގައި ހުޅުޖަހާފައިވާކަމަށާއި މިހަމަނުޖެހުންތަކުގައި 78 މީހަކު ޒަޚަމްވެފައިވާ ކަމަށް އެޤައުމުގެ ޖަސްޓިސް މިނިސްޓަރ ރައޫފް ހަކީމް ވަނީ ވިދާޅުވެފައެވެ.

ބުޑިސްޓުން މިހަމަނުޖެހުންތައް ހިންގާފަވަނީ މުސްލިމުން ދިރިއުޅޭ ސަރަހައްދެއްގައި އެމީހުން ކުރިއަށް ގެންދިޔަ ހިނގާލުމަކަށް ހުރަސްއެޅުމަށް ގާއުކި ކަމަށް ބުނެއެވެ.

މިހަމަނުޖެހުންތަކާއި ގުޅިގެން ހަމަނުޖެހުންތައް ހިންގި އަލުތުގަމާ އާއި ބެރުވަލާގައި ވަނީ ކާފިއު ހިންގައި ސިފައިން ފޯރިމަރަން ފަށައިފަ އެވެ.

20 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ ސްރީލަންކާގައި މުސްލިމުންގެ އަބާދީ 10 އިންސައްތަ އަށްވުރެވެސް ދަށެވެ. ނަމަވެސް މުސްލިމުންގެ އާބާދީ މަދުނަމަވެސް މުސްލިމުންގެ ސިޔާސީ އަދި އިގްތިސާދީ ނުފޫޒު ގަދަވުމުގެ ސަބަބުން އާބާދީގެ 70 އިންސައްތަ ހިއްސާކުރާ ބުޑިސްޓުންދަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ