"ކާމިޔާބު ދަރިވަރުން"ގެ ނަމުގައި ދ. ރިނބުދޫ ގައި ވޯކްޝޮޕެއް ބާއްވައިފިއެވެ.
ރިޙްލާގެ ހަރަކާތުގެ ތެރެއިން ސްކޫލް ކުދިންނަށް ހާއްސަކޮށް ބާއްވާފައިވާ ވޯކްޝޮޕްގައި ކިޔަވައި ދެއްވީ ޝެއިޚް އާސިފް މޫސާ އިބްރާހިމް އެވެ. ރިނބުދޫ ސްކޫލްގައި މިވޯކްޝޮޕް ބާއްވާފައިވަނީ ހަވީރު 4:00 ގައެވެ.
ސްކޫލް ކުދިންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ މިވޯކްޝޮޕް ގައި ދަރިވަރުންގެ ކިޔެވުމުގެ ހުނަރުތައް ވަނީ ބަޔާންކޮށްދީފައެވެ. އަދި ކާމިޔާބު ދަރިވަރަކަށް ވުމަށް ކުރަންޖެހޭ ކަންކަމާއި އަޚްލާޤީ ގޮތުން ބަލަންޖެހޭ ކަންކަންވެސް ވަނީ ވޯކްޝޮޕްގައި އަލިއަޅުވާލާފައެވެ.
ރިނބުދޫގައި ކުރިއަށް ދިޔަ މިވޯކްޝޮޕްއަށް އެރަށުން ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...