ރާއްޖޭގެ ޚަބަރު ދ. އަތޮޅުގެ 5 ރަށެއްގައި ރިޙްލާގެ 7 ދަރުސް ބާއްވައިފި

ދ. އަތޮޅުގެ 5 ރަށެއްގައި ރިޙްލާގެ 7 ދަރުސް ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދ. އަތޮޅުގެ 5 ރަށެއްގައި ރިޙްލާގެ 7 ދަރުސް ބާއްވައިފިއެވެ.

ރިޙްލާގެ ހަރަކާތުގައި ދ އަތޮޅުގެ 5 ރަށެއްގައި އެއްފަހަރާ ވަނީ 7  ދަރުސްތަކެއް ބާއްވާފައެވެ. ދިއިސްލާމްއަށް މައުލޫމާތު ދެމުން ރިޙްލާގެ އޮފިޝަލަކު ހާމަކުރި ގޮތުގައި ދ ހުޅުދެލީގައި ސްކޫލް ކުދިންނަށް ހާއްސަކޮށް ހަވީރު ޝެއިޚް އަލީ ޒާހިރުގެ ދަރުސެއް ބާއްވާފައިވާއިރު ރޭ އިޝާ ނަމާދަށްފަހުވެސް ވަނީ ޝެއިޚް އަލީ ޒާހިރުގެ ދަރުސްއެއް ހުޅުދެލީގައި ބާއްވާފައެވެ. ދ، ކުޑަހުވަދޫގައި މަޤްރިބް ނަމާދަށްފަހު ހަސަން މޫސާ ފިކުރީގެ ދަރުސްއެއް ބާއްވާފައިވާއިރު ދ. ރިނބުދޫގައި ޝެއިޚް ޝިނާންގެ ދަރުސްއެއް ވަނީ ބާއްވާފައެވެ. އަދި ދ. ބަނޑިދޫގައި އިޝާ ނަމާދަށް ފަހު ޝެއިޚް ސަމީރު ގެ ދަރުސްއެއް ބޭއްވިއިރު ދ. މާއެނބުދޫގައި ޝެއިޚް ނިމާލްގެ 2 ދަރުސް ވަނީ ބާއްވާފައެވެ.

ޖަމްޢިއްޔަތުއްސަލަފް އިން ދ. އަތޮޅުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި މީގެ އިތުރުން ތަފާތު ވޯކްޝޮޕްތަކާއި ކްލާސްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

ޓެގް

ރިހްލާ 2014

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.