ރާއްޖޭގެ ޚަބަރު "ކަލަކު ވޮޑިގެންވުން" މިނަމުގައި ކުޑަހުވަދޫ ސްކޫލް ކުދިންނަށް ހާއްސަ ދަރުސްއެއް ބާއްވައިފި

"ކަލަކު ވޮޑިގެންވުން" މިނަމުގައި ކުޑަހުވަދޫ ސްކޫލް ކުދިންނަށް ހާއްސަ ދަރުސްއެއް ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދ. ކުޑަހުވަދޫއިން: އަލީ އަހްސަން

"ކަލަކު ވޮޑިގެންވުން" މިނަމުގައި ކުޑަހުވަދޫ ސްކޫލްކުދިންނަށް ހާއްސަ ދަރުސްއެއް ބާއްވައިފިއެވެ.

ޖަމްޢިއްޔަތުއްސަލަފްއިން އިންތިޒާމް ކޮށްގެން ދ އަތޮޅުގައި ކުރިއަށްދާ "ރިޙްލާ" ގެ ހަރަކާތުގެ ތެރެއިން ބޭއްވި މިދަރުސް އަކީ ޖަމްޢިއްޔަތުއްސަލަފް އާއި ކުޑަހުވަދޫ ސްކޫލްއިން ގުޅިގެން ބޭއްވި ދަރުސްއެކެވެ.
"ކަލަކު ވޮޑިގެންވުން" މިނަމުގައި ބޭއްވި ދަރުސް ދެއްވީ ޝެއިޚް ހަސަން މޫސާ ފިކުރީއެވެ. ދަރުސް ކުރިއަށް ދިޔައީ މިއަދު ހެނދުނު 9:15 އިން ފެށިގެން 10:30 އަށެވެ.

ދަރިވަރުންނަށް ހާއްސަކޮށްގެން ބޭއްވި މިދަރުސްގައި މާތްﷲ ވޮޑިގެންވާކަމުގެ ދަލީލްތަކާއި ދަރިވަރުންނާއި ގުޅޭ ގޮތުން ތައުހީދުގެ މައުލޫމާތުތައް ހިއްސާކޮށްފައިވެއެވެ.

ދަރުސްގައި ގިނަ އަދަދެއް ދަރިވަރުން ބައިވެރިވެފައިވެއެވެ.

 

ޓެގް

ރިހްލާ 2014

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.