ދ. ކުޑަހުވަދޫއިން: އަލީ އަހްސަން
ކުޑަހުވަދޫގެ ޒުވާނުންނާއި ޖަމިއްޔަތުއް ސަލަފުން ބައްދަލު ކޮށްފިއެވެ.
ޖަމިއްޔަތުއްސަލަފުން ދ. އަތޮޅުގައި ކުރިއަށް ގެންދާ "ރިޙްލާ"ގެ ހަރަކާތުގެ ތެރެއިން ކުޑަހުވަދޫގެ ޒުވާނުންނާއި ބައްދަލުކުރީ ރޭ 21:40 ގައި ކުޑަހުވަދޫ ސްކޫލްގައެވެ.
ޖަމްޢިއްޔަތުއް ސަލަފްއިން ކުޑަހުވަދޫގެ ޒުވާނުންނާއި ބޭއްވި ބައްދަލުވުމުގައި ރަށުގައި ހުރި މައްސަލަތަކާއި ގުޅޭގޮތުން ޒުވާނުންވަނި ވާހަކަ ދައްކާފައެވެ. މިބައްދަލުވުމުގައި ރިޙްލާގައި ބައިވެރިވާ ޝެއިޚުންވެސް ވަނީ ޒުވާނުންނަށް ނަސޭހަތުގެ ބަސްކޮޅެއް އިއްވާފައެވެ.
ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ޝެއިޚް އަބްދުﷲ ޒުވާނުންނާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ދީނުގައި ސާބިތުވުމަށް ޒުވާނުންނަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ދީނުގެ ދައުވަތު ދިނުމުގެ މުހިންމުކަމާއި ބެހޭގޮތުން ޝެއިޚް ސަމީރު ވާހަކަ ދެއްކެވިއިރު ޝެއިޚް ފިކުރީ ވަނީ ދީނުގެ ދައުވަތު ދިނުމުގައި އިޚްލާސްތެރިވުމާއި ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. "ދައުވަތު ފެތުރުމަށްޓަކައި ފުރަތަމަ އަމިއްލަ ނަފްސު އިސްލާހް ކުރަންޖެހޭ. އަމިއްލަ ނަފްސު ދީންވެރިވާން ޖެހޭ. އޭރުން ދައުވަތުގެ މަސައްކަތް އެންމެ ފުރިހަމައަށް ދާނީ." ޒުވާނުންނާއި މުޚާތަބުކޮށް ރޭގެ ބައްދަލުވުމުގައި ޝެއިޚް އަލީ ޒާހިރު ވިދާޅުވިއެއެވެ.
ކުޑަހުވަދޫ ޒުވާނުންނާއި ސަލަފްއާއި އެކު ބޭއްވި ބައްދަލުވުމުގައި ޝެއިޚް ޝިނާނު، ޝެއިޚް ސަލީމް، ޝެއިޚް ނިމާލް އަދި ޝެއިޚް އާސިފް ވެސް ވާހަކަ ދެއްކެވިއެވެ.
ޒުވާނުންނާއި އެކު ބޭއްވި ބައްދަލުވުން ނިންމާލީ ޒުވާނުންގެ ފަރާތުން ސުވާލުކުރުމުގެ ފުރުސަތު ދެވި ސުވާލުތަކަށް ޖަވާބު ދިނުމަށް ފަހުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...