ރާއްޖޭގެ ޚަބަރު ދ. ކުޑަހުވަދޫ ކައުންސިލާއި ޖަމްޢިއްޔަތުއްސަލަފްއިން ބައްދަލުކޮށްފި

ދ. ކުޑަހުވަދޫ ކައުންސިލާއި ޖަމްޢިއްޔަތުއްސަލަފްއިން ބައްދަލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދ. ކުޑަހުވަދޫ އިން: އަލީ އަހްސަން

ދ. ކުޑަހުވަދޫ ކައުންސިލާއި ޖަމްޢިއްޔަތުއްސަލަފްއިން ބައްދަލުކޮށްފިއެވެ.

 

ޖަމްޢިއްޔަތުއްސަލަފްއިން ދ އަތޮޅުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޙްލާ އާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް ދ. ކުޑަހުވަދޫ ކައުންސިލްއާއި ބައްދަލުކޮށްފައިވަނީ މިރޭ 10:00 ގައެވެ.
ކުޑަހުވަދޫ ކައުންސިލްގެ އިދާރާގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ޖަމްޢިއްޔަތުއްސަލަފް ގެ ރައީސް ޝެއިޚް އަބްދުﷲ ބިން އިބްރާހިމް ވަނީ ރިޙްލާ އާއި ބެހޭގޮތުން ތަފްސީލްކޮށް މައުލޫމާތު ދީފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވާ ބޭފުޅުން ތަޢާރަފްކޮށްދިނުންވެސް ކުރިއަށްދިޔައެވެ.

"ކައުންސިލްގެ ފަރާތުން ތިޔަ ދެއްވާ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ޝުކުރު ދަންނަވަން. އަދި މިރަށުން މިލބެމުންދާ ތަރުހީބުވެސް ވަރަށް ބޮޑަށް ފާހަގަކުރަން." މިރޭ ބައްދަލުވުމުގައި ޝެއިޚް އަބްދުﷲ ވިދާޅުވިއެވެ.

ރިޙްލާގައި ހަރަކާތްތެރިވާ އިސް ބޭފުޅުން ބައިވެރިވި މި ބައްދަލުވުމުގައި ޝެއިޚް އަލީ ޒާހިރުވެސް ވާހަކަ ދެއްކެވިއެވެ. ޝެއިޚް އަލީ ޒާހިރުގެ ވާހަކަފުޅުގައި ވިދާޅުވީ އެންމެގެ ލާބަޔާއި ފައިދާއަށް ހިންގަމުން އަންނަ މިހަރަކާތަށް އެންމެންގެ އެހީ ބޭނުންވާނެ ކަމަށާއި މިފަދަ ހަރަކާތްތެއްގެ މުހިންމުކަން ވިސްނަންޖެހޭ ކަމަށެވެ. އަދި މިފަދަ ފުރުސަތެއް ލިބުމުން އެފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަން ޖެހޭނެކަމަށްވެސް ޝެއިޚް އަލީ ޒާހިރު ވިދާޅުވިއެވެ.

ގަޑިއިރެއްގެ ދިގުމިނަށް ދެމިގެންދިޔަ މިބައްދަލުވުމުގައި ކުޑަހުވަދޫގެ ކައުންސިލްގެ ރައީސްވެސް ވާހަކަ ދެއްކެވިއެވެ. އެބޭފުޅާ ވިދާޅުވީ ކުޑަހުވަދޫ ހިޔާރު ކުރީތީ ޝުކުރު ދަންނަވާ ކަމަށާއި ރޭވިފައިވާ ޕްރޮގްރާމްތަކަކީ ވަރަށް ފައިދާހުރި ޕްރޮގްރާމްތަކެއް ކަމަށެވެ.

ޓެގް

ރިހްލާ 2014

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.