ރާއްޖޭގެ ޚަބަރު ދ. ރިޙްލާ ދަތުރު: ކުޑަހުވަދޫ، މާއެނބޫދޫ، ރިނބިދޫ، މީދޫ، ބަނޑިދޫ އަދި ހުޅުދެލީއަށް

ދ. ރިޙްލާ ދަތުރު: ކުޑަހުވަދޫ، މާއެނބޫދޫ، ރިނބިދޫ، މީދޫ، ބަނޑިދޫ އަދި ހުޅުދެލީއަށް

ދ. ރިޙްލާ ދަތުރު: ކުޑަހުވަދޫ، މާއެނބޫދޫ، ރިނބިދޫ، މީދޫ، ބަނޑިދޫ އަދި ހުޅުދެލީއަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ރިޙްލާ" ދަތުރު ސިލްސިލާއަށް މިއަހަރު އިތުރު ވެފައިވަނީ ދ. އަތޮޅެވެ. އެގޮތުން ދ. ރިޙްލާ ދަތުރު ގައި "ރިޙްލާ"ގެ ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވަނީ ކުޑަހުވަދޫ، މާއެނބޫދޫ، ރިނބިދޫ، މީދޫ، ބަނޑިދޫ އަދި ހުޅުދެލީ ގައެވެ.

މިއަހަރުގެ ރިޙުލާ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 30 އިން މެއި މަހުގެ 3 ގެ ނިޔަލަށެވެ. 4 ދުވަހުގެ މި ދަތުރުގައި ދ.އަތޮޅުގެ ހުރިހައި ރަށެއްގައި ދީނީ އަދި ޢިޖްތިމާއީ ޙަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މިދަތުރާއި ބެހޭ ގޮތުން ޖަމްޢިއްޔަތުއްސަލަފް އިން ހާމަކުރި ގޮތުގައި "މިހަރަކާތަކީ ދިވެހިރާއްޖޭގެ އަތޮޅުތަކަށް އަމާޒުކޮށްގެން ދީނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހިންގާ ހަރަކާތެއް. މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާ ރިޙްލާ ވެސް ވަރަށް ކާމިޔާބު." ކަމަށެވެ.

ރިޙްލާ ގައި ދ.އަތޮޅުގެ ފަރާތުން އެންމެހައި ކަންތައްތަކެއް އިންތިޒާމްކުރުމުގައި އިސްވެ ޙަރަކާތްތެރިވާނީ ދ.ކުޑަހުވަދޫ ގެ ޔުނައިޓަޑް އިސްލާމިކް ސޮސައިޓީ އިންނެވެ.

"ދ. ރިޙްލާ" ގައި ދީނީ ދަރުސްތަކާއި މުޖްތަމަޢަށް ފައިދާހުރި އެކިއެކި ޙަރަކާތްތައް ހިންގުމަށް ރޭވިފައިވައިވާއިރު ދ.ކުޑަހުވަދޫގައި ވަރަށް ގިނަ ވޯކްޝޮޕްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ވޯކްޝޮޕްތަކުގައި އެހެނިހެން ރަށްރަށުގެ ބޭފުޅުންނަށްވެސް ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައިވާއިރު ވޯކްޝޮޕްތަކުގެ ތެރޭގައި ނަމާދު ވޯކްޝޮޕް، ޤުރްއާން ކިޔަވަން ދަސްކޮށްދޭ ސެޝަން ތަކެއް، ކަށުކަމާކެމީގެ ކަންތައްތައް އުނގަންނައިދޭ ވޯކްޝޮޕެއްގެ އިތުރުން ޑައިވިން ތަމްރީނުތަކާއި މަޢުލޫމާތު ދޭ ސެޝަންތަކެއް ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިއަށް ގެންދާ މިހާއްސަ ހަރަކާތުގައި މުޅިން ތަފާތު ކަމެއްވެސް ކުރުމަށް ވަނީ ނިންމާފައެވެ. ދިވެހިރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު ޔޫސުފް ޝާން ބައިވެރިވެ ވަޑައިގެން އަތޮޅުގެ ރައްޔިތުންނަށް އެބޭފުޅާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި މިހާރުވެސް ޑރ ދެއްކުމަށް އެޕޮއިންޓްމެންޓް ހެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ ކުރިން ބޭއްވިފައިނުވާ ވަރުގެ ބޮޑު ހަރަކާތެއްގެ ގޮތުގައި ފެނިގެންދާ "ދ. ރިޙްލާ" ގައި ގިނަ އަދަދެއްގެ ޢިލްމުވެރިންވެސް ބައިވެރިވެއެވެ. އޭގެ ތެރޭގައި އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް، އައްޝައިޚް ޢަބްދު ﷲ ބިން މުޙައްމަދު އިބްރާހީމް، އައްޝައިޚް ނިމާލް މުޙައްމަދު، އައްޝައިޚް ޢާޞިފް މޫސާ އިބްރާހީމް އަދި އައްޝައިޚް އަޙްމަދު ސަލީމް ހިމެނިވަޑައިގަނެއެވެ.

ޓެގް

ރިހްލާ 2014

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.