ރާއްޖޭގެ ޚަބަރު ސަލަފް ރިޙްލާ ގެ ފޭސްބުކް ޕޭޖް އާންމުކޮށްފި

ސަލަފް ރިޙްލާ ގެ ފޭސްބުކް ޕޭޖް އާންމުކޮށްފި

ސަލަފް ރިޙްލާ ގެ ފޭސްބުކް ޕޭޖް އާންމުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ސަލަފް ރިޙްލާ"ގެ ފޭސްބުކް ޕޭޖް އާންމުކޮށްފިއެވެ.

ޖަމިއްޔަތުއްސަލަފް އިން ހާމަކުރި ގޮތުގައި އެޖަމިއްޔާއިން އާންމުކުރި "ސަލަފް ރިޙްލާ" ޕޭޖްއަކީ އެހަރަކާތުގެ އެންމެ ފަހުގެ މައުލޫމާތު ފޭސްބުކް މެދުވެރިކޮށް ގެނެސްދިނުމުގެ މަޤްސަދުގައި އާންމު ކުރި ޕޭޖްއެއް ކަމަށެވެ.

ލިންކް: ސަލަފް ރިހްލާ ޕޭޖް

ޖަމިއްޔަތުއްސަލަފް އިން އިތުރަށް ހާމަކުރި ގޮތުގައި މިއަހަރު ދ.އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަތުރުގެ އެންމެހައި ތައްޔާރީ ތަކެއް މިހާރު ވަމުން ގެންދާ ކަމަށެވެ.

މިއަހަރުގެ ރިޙުލާ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 30 އިން މެއި މަހުގެ 3 ގެ ނިޔަލަށެވެ. 4 ދުވަހުގެ މި ދަތުރުގައި ދ.އަތޮޅުގެ ހުރިހައި ރަށެއްގައި ދީނީ އަދި ޢިޖްތިމާއީ ޙަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުޑަހުވަދޫ، މާއެނބޫދޫ، ރިނބިދޫ، މީދޫ، ބަނޑިދޫ އަދި ހުޅުދެލީގައި ދީނީ ދަރުސްތަކާއި މުޖްތަމަޢަށް ފައިދާހުރި އެކިއެކި ޙަރަކާތްތައް ހިންގުމަށް ރޭވިފައިވެއެވެ.

"ރިޙްލާ"ގެ މި ދަތުރުގައި ދ.އަތޮޅުގެ ފަރާތުން އެންމެހައި ކަންތައްތަކެއް އިންތިޒާމްކުރުމުގައި އިސްވެ ޙަރަކާތްތެރިވާނީ ދ.ކުޑަހުވަދޫ ގެ ޔުނައިޓަޑް އިސްލާމިކް ސޮސައިޓީ އިން ކަމަށްވެސް ޖަމިއްޔަތުއް ސަލަފުން ހާމަކުރެއެވެ.

ޓެގް

ރިހްލާ 2014

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.