"މާތް ﷲގެ އެއްކައުވަންތަކަން" މި ނަމުގައި ހުކުރު ދުވަހުގެރޭ ޚާއްޞަ ފޯރަމެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުން އިސްލާމިކް މިނިސްޓްރީން އިސްތިޒާމް ކުރާ މި ފޯރަމްގައި މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައި ވަނީ އައްޝައިޚް އިލްޔާސް ޖަމާލްއެވެ.
މި ފޯރަމް ކުރިޔަށް ދާނީ މި މަހުގެ 11 ވާ ހުކުރު ދުވަހުގެ ރޭގެ 08:50 އިން ފެށިގެން އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަ އެވެ.
އެހެން ކަމުން މި ފޯރަމުގައި ވީހާ ވެސް ގިނަ ޢަދަދެއްގެ ކަނބަލުންނާއި ބޭކަލުން ބައިވެރިވެ ވަޑައިގަތުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ދަޢުވަތު އަރުވާފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...