ރާއްޖޭގެ ޚަބަރު

ތިމާއަށް ލިބޭ މާލީ މަންފާއަކަށްޓަކައި ވޯޓު ދިނުން ހުއްދައެއް ނުވާނެ: ޝައިޚް ފިކުރީ

ކޮރަޕްޝަނާއި ޚިޔާނާތާއި އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީނަށް ފަރުވާ ކުޑަކުރާ މީހަކު ހުރިކަން އެނގި އެމީހެއްގެ އަތުން ތިމާއަށް ލިބޭ މާލީ މަންފާއަކަށްޓަކައި އޭނާ ހޮވަން ވޯޓު ދިނުން ހުއްދަ ނުވާނެކަމަށާއި އެކަމަކީ ތިމާގެ ދީނަށް ވެވޭ ބޮޑުޚިޔާނާތެއްކަމަށް އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ސަންޓީވީ ޕްލަސް އިން މިދިޔަ ހޮނިހިރު ދުވަހު ފޮނުވި "ސުވާލަކީ ކޮބާ" ޕްރޮގްރާމަށް އެހުންތެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިޚް ޙަސަން މޫސާ ވިދާޅުވީ ނަމާދަށް ފަރުވާތެރި ނުވާ މީހަކު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙުކުމް ފުޅުތަކަށް ފަރުވާތެރި ނުވާނެކަން އަޅުގަނޑުމެންނަށް އެނގޭކަމަށެވެ.

"އަޅުގަނޑުމެން ތެދުވެރިވާންވީ ﷲ ސުބުޙާނަހޫ ޥަތައާލާއަށް. އަޅުގަނޑުމެން ތެދުވެރިވާންވީ އެއްގޮތަކަށްވެސް ފައިސާ ދޭ މީހާއަކަށް ނޫން. މެމްބަރަކަށްވެސް ނޫން. އަޅުގަނޑުމެންގެ ދުނިޔެވީ މަންފާއަކަށް ނުވަތަ ހަވާ ނަފްސަކަށްވެސް ނޫން. އަޅުގަނޑުމެން ތެދުވެރިވާންވީ ﷲ ސުބުޙާނަހޫ ޥަތައާލާއަށް" ޝައިޚް ޙަސަން ވިދާޅުވިއެވެ.

އަޅުގަނޑުމެން މި ދައްކަނީ މަޖިލީސް މެމްބަރުންގެ ކޮރަޕްޓު ވާހަކަ. އެކަން ބެލޭނެ ގޮތެއް ނެތް. މަޖިލީސް މެމްބަރުންގެ މުސާރައަށްވުރެ ބޮޑުކޮށް ގޯތިގެދޮރު ގަންނަ ވާހަކައާއި އެތައް މިލިއަން ފައިސާއެއް ޚަރަދު ކުރާ ވާހަކަ އެބަދައްކާ. އެ މެމްބަރުންގެ އަހަރުގެ މުސާރައަށްވުރެ އެ އެއްޗެތި ބޮޑުކަން އެނގޭ ހިނދުގައި އެ ކޮރަޕްޝަން މަޖިލީސްތެރޭގައި އޮއްވާ ކިހިނެއްތޯ އަޅުގަނޑުމެންނަށް އެ ކޮރަޕްޝަން މުޅި ރާއްޖެއިން ފިލުވާލެވޭނީ؟. އަސްލު ހަގީގަތުގައި އެކޮރަޕްޝަން މަޖިލީސްތެރެއަށް ގެންނަ ބަޔަކީ ޢާއްމު ރައްޔިތުން. އެއީ އެމީހުންނަށް މައްސަލައެއް ނެތް ތިމާއަށް ލިބޭ ކުޑަކުޑަ މަންފާއަކަށްޓަކައި ޚިޔާނާތްތެރި، ނަމާދު ނުކުރާ، ﷲ ގެ ދީނަށް ފުރައްސާރަކުރާފަދަ މީހަކު ގެނައުންވެސް ވިސްނާލުމެއް ނެތި" ޝައިޚް ޙަސަން ވިދާޅުވިއެވެ.

ޝައިޚް ގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވީ ޢާއްމު ރައްޔިތުން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތެދުވެރި ވެގެން ނޫނީ ދިވެހި ރައްޖެ ސަލާމަތް ކުރެވެން ނެތް ކަމަށެވެ.

ގުޅުންހުރި

1 ޚިޔާލު

  1. Dheen vikkaalun OK dhoa

Your email address will not be published. Required fields are marked *