ދަރުސް ޚަބަރު ސަލަފް ޓޯކްގެ ދެވަނަ ޕްރޮގްރާމް މިރޭ ބާއްވަނީ

ސަލަފް ޓޯކްގެ ދެވަނަ ޕްރޮގްރާމް މިރޭ ބާއްވަނީ

ސަލަފް ޓޯކްގެ ދެވަނަ ޕްރޮގްރާމް މިރޭ ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމިއްޔަތުއްސަލަފްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ “ސަލަފް ޓޯކް” ގެ ދެވަނަ ޕްރޮގްރާމް މިރޭ އޮންނާނެކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

ސަލަފުން ހާމަކުރާ ގޮތުގައި މިރޭގެ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޒުވާނުންގެ މަރުކަޒުގެ ސެމިނަރ ރޫމްގައެވެ. އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިޕް ރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭގެ 8:30 ގައެވެ.

މިރޭގެ މަޢުޟޫއަކީ "ފިކުރީ ހަނގުރާމަ" ކަމަށާއި މިރޭ ވާހަކަފުޅުދައްކަވާނީ އައްޝައިޚް ހަސަން މޫސާ ފިކުރީ ކަމަށް ޖަމިއްޔަތުއް ސަލަފްއިން ހާމަކުރެއެވެ.

ޖަމިއްޔަތުއް ސަލަފްއިން ހާމަކުރާގޮތުގައި މި ޕްރޮގްރާމްތަކަކީ އިސްލާމީ ދުނިޔޭގެ މަޝްރަހާއި އަދި މާއްދީ އެކިއެކި ކަންކަމާއިވެސް ގުޅޭގޮތުން ތަފާތު އެކި މަޢުލޫތަކަށް ވާހަކަދައްކާ ޢިލްމުވެރިންނާއި ވީހާވެސް ގާތުން ވާހަކަދައްކާލުމުގެ ފުރުޞަތު ފަހިކޮށް ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމް ތަކެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.