އަރަބިދުނިޔެދުނިޔެ

ފަލަސްޠީނުގެ މިނިވަންކަން ރަޝިއާއިންވެސް ޤަބޫލުކޮށްފި.

ލިޔުނީ: ހުސެއިން ސާލިމް

ފަލަސްޠީނަކީ މިނިވަން ޤައުމެއްކަމަށް ރަޝިއާއިން 1988 ވަނަ އަހަރު ވާނީ ޤަބޫލުކޮށްފައިކަމަށާއި، އަދި އެނިންމުން ބަދަލު ކުރުމަށް ބޭނުންނުވާކަމަށް ރަޝިއާގެ ރައީސް ޑިމިޓްރީ މިޑްވިޑޭވް ވިދާޅުވެއްޖެއެވެ. ރައީސް މިޑްވިޑޭވް މިހެން ވިދާޅުވީ، އަނގާރަދުވަހު، ފަލަސްޠީނަށް ކުރެއްވި ދަތުރުފުޅުގައި ހުޅަނގު އައްސޭރީގައި ހުންނަވައެވެ. މިއީ ރަޝިއާގެ ރައީސަކަށް ވުމަށްފަހު މިޑްވިޑޭވް ފަލަސްޠީނަށްކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ރަޝިއާއިން ފަލަސްޠީނުގެ މިނިވަންކަމާމެދު ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލައް ނުގެންނާނެކަމަށް އިއުލާނުކޮށްފައިވާއިރު ފާއިތުވި މަދު ދެތިން މަސްދުވަސްތެރޭ އެތަށް ޤައުމަކުން ވަނީ ފަލަސްޠީނުގެ މިނިވަންކަން ޤަބޫލުކުރާކަން އިއުލާނުކޮށްފައެވެ. އޭގެތެރިން  ލެޓިން އެމެރިކާގެ ބައެއް ގައުމުތަށްކަމަށްވާ، ބްރެޒިލާއި، އެކުއެޑޯއާއި، އާޖެންޓީނާގެ އިތުރުން އުރުގުއޭފަދަ ގައުމުތައް ފާހަގަކޮށްލެވެއެވެ. ލެޓިން އެމެރިކާގެ ޤައުމުތަކުގެ އިތުރުން ހުޅަނގުގެ ޤައުމުތަކުންވެސް ދަނީ ފަލަސްޠީނުގެ މިނިވަންކަން ޤަބޫލުކުރާނެކަމަށް ވިދާޅުވަމުންނެވެ.

ޖެރިކޯގައި ބޭއްވުނު ނޫސް ކޮންފަރެންސެއްގައި ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ، ރަޝިއާ 1988 ގައި ފަލަސްޠީނުގެ މިނިވަންކަން ބަލައިގެންފައިވާ ކަމަށާއި، އަދި  ފަލަސްޠީނުގެ މިނިވަންކަން ދުނިޔޭންވެސް ޤަބޫލުކުރި ފުރަތަމަ ޤައުމުތަކުތެރޭ ރަޝިއާ ހިމެނޭކަމަށެވެ. އަދި އެކަން ހަނދާން ނުނެތޭކަމަށް މަހްމޫދު އައްބާސް ވިދާޅުވިއެވެ.

ނޫސް ކޮންފަރެންސްގައި މިޑްވިޑޭވް ވިދާޅުވީ، ރަޝިއާގެ ނިންމުން ވަރަށްކުރިން ވަނީ ނިންމައިފައިކަމަށެވެ. އަދި އިރުމަތީ އޫރުސަލީމް ވެރިރަށެއްގެ ގޮތުގައި އޮންނަ މިނިވަން ފަލަސްޠީނަކަށް ރަޝިއާއިން ތާއީދުކުރާކަމަށެވެ.

1988 ވަނައަހަރު ސޯވިއެޓް ޔޫނިއަން (މިހާރުގެ ރަޝިއާ) އިން ފަލަސްޠީނުގެ މިނިވަންކަން ޤަބޫލުކޮށްފައިވަނީ، ފަލަސްޠީނުގެ އޭރުގެ ރައީސް ޔާޞިރު އަރަފާތުގެ އެދިވަލެއްވުމުގެ މަތިންނެވެ.

ގުޅުންހުރި

1 ޚިޔާލު

  1. އިޒުރޭލުގެ ދައުލަތް އިޢުލާނުކުރިތާ މަދު ހިނދުކޮޅެއްގެ ތެރޭގައި އިޒުރޭލު ގަބޫލުކުރި ދިވެހިރާއްޖެ ފަލަސްތީނުގެ މިނިވަންކަން ގަބޫލުކޮށް އިޢުލާންކުރާނީ ކޮން ދުވަހަކން ބާއެވެ.

Your email address will not be published. Required fields are marked *