މީގެ ދިހަ ވަރަކަށް އަހަރު ކުރިން މި ޤައުމަކީ މި ދުނިޔެގައިވާ އެންމެ އަމާން ޤައުމު ތަކުގެ ތެރޭގައި ހިމެނެއް ޤައުމެކެވެ. އޭރު އަޅުގަނޑުމެންގެ ގެތަކުގެ ދޮރުތައް ތަޅުނުލާ ނިދުމަކީ ވެސް އަޅުގަނޑުމެންގެ ތެރޭން ގިނަ މީހުން ޖެހިލުންވާ ކަމެއް ނޫނެވެ. ސަބަބަކީ އޭރު އަޅުގަނޑުމެންގެ ތެރޭގައި ވައްކަންކުރުމާއި މަގުފޭރުމާއި މީހުން މެރުން ފަދަ ފަސާދަތައް އާންމު ވެފާ ނުވުމެވެ. ނަމަވެސް މިހާރު މި ޤައުމު މިވަނީ ވަރަށް ނާމާން ބިރުވެރި ތަނަކަށް ބަދަލު ވެފަ އެވެ. ކޮންމެ ވެސް ވައްކަމެއް ނުވަތަ ފޭރުމެގެ ވާހަކަ ނީވެ ދުވަހެއް މިހާރު މަދުވާނެ އެވެ. ހަމަ އެފަދައިން އަނިޔާވެރި ގޮތުގާ މަރާލެވޭ މީހުންގެ އަދަދު ވެސް ދުވަހުން ދުވަހަށް ދަނީ އިތުރު ވަމުންނެވެ. އަދި މީގެ އިތުރުން މީހުންނަށް ފައިސާ ދީގެން މިފަދަ އަނިޔާވެރި އަމަލުތައް ހިންގާ މީހުން ވެސް މިހާރަކު މަދެއް ނޫނެވެ.
މި ޤައުމުގެ ހާލަތު މިހާ ގޯސް ވުމުގެ އެންމެ ބޮޑު ސަބަބަކީ އަޅުގަންޑުމެން އުފެއްދެވި މާތް ﷲ އަށް އަޅުގަނޑުމެން އުޅުމަށް އެންގެވި މަތިވެރި އިސްލާމް ދީނާ ދުރަށް ދިޔުމެވެ. އަދި އޭނާގެ އަމިއްލަ ނަފްސުގެ މަސްލަހަތު ނުދަންނަ އިންސާނުންގެ އަމިއްލަ އެދުމަށް ތަބާ ވުމެވެ. މި ޤައުމު މިއަދު މި އޮތް ބިރުވެރި ނާމާން ހާލަތުން ސަލާމަތް ކުރުމައްޓަކާ މި ޤައުމުގަ އިސްލާމް ދީނުގެ ޝަރީއައި ޤާއިމު ކުރާށެވެ. އޭރުން މި ޤައުމު އަމާން ރައްކާތެރި ތަނަކަށް ބަދަލުވާނެކަން ހަމަ ކަށަވަރެވެ.
ތިމާ އެންމެ މީހަކު މަރާލައިފި ނަމަ އޭގެ ބަދަލުގައި ތިމާ މަރާލެވޭނެކަން ކަށަވަރުވާ ތަނެގާ މީހުން މަރާކަށް އެކަކަހް ވެސް ނުކެރޭނެ އެވެ. ހަމަ އެފަދައިން ވައްކަން ކުރާ މީހުންގެ އަތް ތައް ކެންޑޭ ތަނަކުން ވަގުންގެ އަސަރު ފިލައި ދާކަށް ގިނަ ދުވަހެއް ނުނަގާނެ އެވެ. މީގެ އިތުރުން އެހެނިހެން ކުށްތައް ކުރާ މީހުނަށް ދިނުމަށް އިސްލާމް ދީނުގާ ކަނޑައަޅުއްވާފައިވާ އަދަބުތައް ދެވޭ ނަމަ އެތަނެގައި ކުށް ކުރުން އާންމު ވެގެނެއް ނުދާނެ އެވެ. ވީމާ މި ޤައުމު އަމާން ތަނަކަހް ހެދުމަށް ޓަކާ އިސްލާމް ދީނުގެ އުސޫލުތައް ޤާއިމު ކުރާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...