ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު އަވަހާރަވެފައި ވަނީ ޒަހަރުގެ އަސަރު ކޮށްގެންނޫން ކަމަށާއި ޤުދުރަތީ މަރަކުން ކަމަށް ރަޝިޔާގެ ފޮރެންސިކް އޭޖެންސީ އަކުން ބުނެފިއެވެ.
ރަޝިޔާގެ ފޮރެންސިކް އޭޖެންސީގެ އިސްފަރާތަކާއި ހަވާލާދީ އިންޓަރފެކްސް ނޫސްއިން ހާމަކުރާ ގޮތުގައި އަރަފާތުގެ ހަށިގަނޑުން ނެގި ސާމްޕަލްއިން ވިހައިގެ އަސަރު ފެނިފައިނުވާ ކަމަށާއި އަރަފާތު މަރުވެފައިވަނީ ޤުދުރަތީ މަރަކުންކަމަށް ރަޝިޔާގެ ފޮރެންސިކް އޭޖެންސީއިން ހާމަކުރާ ކަމަށެވެ.
ރަޝިޔާގެ ފޮރެންސިކް އޭޖެންސީއިން މިގޮތަށް ހާމަކޮށްފައިވާއިރު މިމަހުގެ ކުރީކޮޅު ފަރަންސޭސިވިލާތުގެ ސައިންޓިސްޓަކުވެސްވަނީ އަރަފާތު އަވަހާރަވީ ވިހައިގެ ސަބަބުން ނޫންކަމަށް ބުނެފައެވެ.
ނަމަވެސް ހުސްވި ނޮވެމްބަރމަހު ސްވިޓްސަލޭންޑް، ފްރާންސް އަދި ރަޝިއާގެ ސައިންޓިސްޓުންތަކެއްވެގެން ތަހުލީލްކޮށް ނެރެފައިވާ ރިޕޯޓެއްގައިވަނީ ބުނެފައިވަނީ އަރަފާތު ފަސްދާނުލެވިފައިވާ ސަރަހައްދުން ސާމްޕަލް ނަގައި ތަހުލީލް ކޮށްފައިވާ ކަމަށާއި އަރަފާތުގެ މޭ ކަށިގަނޑުންނާއި، ޕެލްވިސް އަދި ހަށިގަނޑުން ވީރާނާވެފައިވާ ބައިތަށް އެކުލެވޭ ވެލީގައި އާންމުކޮށް ހުންނަން ވާވަރަށް ވުރެ 18 ގުނަ އިތުރަށް ޕޮލޯނިއަމް ހުރިކަމަށެވެ. އަދި އަރަފާތު އަވަހާރަވެފައިވަނީ ޒަހަރުގެ އަސަރުކޮށްގެން ކަމަށް މިރިޕޯރޓުގައިވެއެވެ.
އަރަފާތު އަވަހާރަވެފައިވަނީ އިސްރާއިލް ސިފައިން ޓޭންކްތަކާއެކު ރާމަﷲ ވަށާލާަފައިވަނިކޮށް އަރަފާތު ފަރިއްކުޅުއްވި އެއްޗެއްގެ ސަބަބުން ކުރިމަތިވި އާލާސްކަންފުޅަކަށް ފަރުވާ ދެއްވުމަށް ފަރަންސޭސިވިލާތުގެ މިލިޓަރީ ހޮސްޕިޓަލްއަކަށް ގެންދެވުނުތާ ހަތަރު ހަފްތާ ފަހުން، އުމުރުން 75އަހަރުގައެވެ. އަދި އޭރު އަރަފާތަށް ފަރުވާދިން ފަރަންސޭސިވިލާތުގެ ޑޮކްޓަރުންވަނީ އަރަފާތު އަވަހާރަވީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށް ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...