ޖަމިއްޔަތުއް އަޚަވާތުން ނެރުނު ކަލަންޑަރަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެޖަމިއްޔާއިން ހާމަކޮށްފައެވެ.
ޖަމިއްޔަތުއް އަޚަވާތުގެ ފަރާތުން އެޖަމިއްޔާގެ ރައީސާ ދިއިސްލާމްއަށް ހާމަކުރެއްވިގޮތުގައި "އަޚަވާތުގެ ކަލަންޑަރަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށާއި ހިތްހަމަ ޖެހޭ ވަރަށް މިހާތަނަށް ވިކިފައިވާ" ކަމަށެވެ. އަދި މީގެ އިތުރުން އެފަރާތުން ހާމަކުރިގޮތުގައި "އަޚަވާތުގެ ކަލަންޑަރު ނޮވެލްޓީގެ އިތުރުން އަލީސް، ސަލަފް ލައިން، ފަރިތަރި އަދި އޯކިޑްވާދީ 2 ވަނަ ބުރިން ލިބެން ހުންނާނެ'ކަމަށާއި "ކަލަންޑަރެއްގެ އަގަކީ 30 ރުފިޔާ' ކަމަށެވެ.
2011 ވަނަ އަހަރުގެ ކަލަންޑަރު ޖަމިއްޔަތުއް އަޚަވާތުގެ ފަރާތުން ނެރެފައިވާއިރު ކަލަންޑަރުގައި ހިޖުރީ އަދި މީލާދީ ތާރީހާއި ނަމާދު ވަގުތު އަދި ރޯދަ ހިފުމަށް ސުންނަތްވެގެންވާ ދުވަސްތަކާއި ނަސޭހަތުގެ ބަސްކޮޅުގެ އިތުރުން ދީނީ ސުވާލާއި ޖަވާބު ހިމަނާފައިވެއެވެ. އަދި ސަރުކާރު ބަންދު ދުވަސްތައްވެސް ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...